އޮފްކޮންސް ވިއްކާލިޔަސް ބްރިޖް މަޝްރޫޢަށް އެއްވެސް އަސަރެއް ނުކުރާނެ: ސަރުކާރު

އޮފްކޮންސް ވިއްކާލިޔަސް ބްރިޖް މަޝްރޫޢަށް އެއްވެސް އަސަރެއް ނުކުރާނެ: ސަރުކާރު

Author
މުޙައްމަދު ޝަޒައިމް
13 އޭޕްރިލް 2023 11:26
0

އިންޑިއާގެ ބިލިއަނަރު، ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ) ގްރޫޕަށް މާލީ ތާށިކަން ކުރިމަތިވެ އެ ކުންފުނީގެ ދަށުން ހިންގާ އެފްކޮންސް އިންސްފްރާސްޓްރަކްޗާ ވިއްކާލަން ނިންމި ނަމަވެސް އެކުންފުނިން ރާއްޖޭގައި ހިންގާ ބްރިޖް މަޝްރޫޢާއި، އެނޫން މަޝްރޫޢުތަކަށްވެސް އެއްވެސް އަސަރެއް ނުކުރާނެކަމަށް ސަރުކާރުން ބުނެފިއެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތަކުގައިވާ ގޮތުން އެސްޕީ ގްރޫޕުން އަންނަނީ އެ ކުންފުނީގެ ދެ ބިލިއަން ޑޮލަރުގެ އެސެޓް ވިއްކާލަން މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި އެފްކޯންސް އިންފްރާސްޓްރަކްޗާ ލިމިޓެޑާއި އެ ކުންފުނީގެ ދަށުން އިންޑިއާގެ އިރުމަތީ ސަރަހައްދުގައި ހިންގާ އެންމެ ބޮޑު އެއް ޕޯޓު ކަމަށްވާ ގޯޕާލްޕޫރު ޕޯޓު ހިމެނެއެވެ.

އެފްކޮންސް ރާއްޖޭގައި ހިންގާ މަޝްރޫއުތަކުގެ އަގު ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ އަށް އަރައެވެ. އެއީ، ބްރިޖަށް 8.2 އަދި އައްޑޫ މަގުތައް ހެދުމަށް 1.1 ބިލިއަން ރުފިޔާއެވެ.

މިކަމާއި ގުޅިގެން މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ ދުނިޔޭގެ ބޮޑެތި ވިޔަފާރިތަކުގައި ކުންފުނީގެ ހިއްސާ ވިއްކުލަމަކީ އާންމު ކަމެއްކަމަށެވެ. އިންޑިއާގެ އެފްކްންސްގެ ހިއްސާ ވިއްކުލުމާއި ގުޅޭގޮތުން މިހާތަނަށް އެކުންފުނިން ސަރުކާރާއި އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާކަމަށް މިއުވާން ވިދާޅުވިއެވެ.

އަދި ކުންފުނީގެ ހިއްސާ ވިއްކުލަކީ މިކަމުން ރާއްޖޭގައި ކުރިއަށްދާ އެއްވެސް މަޝްރޫއެއް ހުއްޓި ހާސްވާންޖެހޭ ކަމެއް ނޫންކަމަށްސް މިއުވާން ވިދާޅުވިއެވެ. އެނާ ވިދާޅުވީ ރާއްޖޭގައިވެސް ޓީއެމްއޭގެ ހިއްސާވިސް ވިއްކިކަމަށެވެ. ނަމަވެސް ކުންފުނީގެ އޮޕަރޭޝަނަށް އެއްވެސް ބުރުލެއް އަރާފައި ނުވާކަަމަށެވެ. އޮޕަރޭޝަން އިތުރަށް ވީ ވަރުގަދަކަމަށް މިއުވާން ވިދާޅުވިއެވެ.

އިންޑިއާގެ އެސްޕީ ގްރޫޕަކީ 1865 ވަނަ އަހަރުން ފެށިގެން އޭޝިއާގެ އެކި ގައުމުތަކުގައި ލަގްޒަރީ ހޮޓާތަކާއި ސްޓޭޑިއަމްތަކާއި ފެކްޓްރީތައް އަޅަމުން އައި ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން އަޅާފައިވާ އެންމެ ފާހަގަކޮށްލެވޭ އެއް ހޮޓަލަކީ މުމްބާއީގައި ހުރި ތާޖް މަހަލް ޕެލަސްއެވެ. އެސްޕީގެ ދަށުން ހިންގާ އެފްކޯންސް އަކީ ޓަނަލް އާއި ބްރިޖާއި މަގުތައް ހެދުމަށް ހާއްސަ ކުންފުންޏެވެ.

ޝަޕޫރްޖީ ގްރޫޕަކީ 29 ބިލިއަން ޑޮލަރުގެ ކުންފުންޏެކެވެ. ކުންފުންޏަށް އެންމެ ގިނައިން ފައިސާ ވަންނަނީ ޓާޓާ ސަންސްގައި އޮންނަ 18 ޕަސެންޓު ހިއްސާއިންނެވެ. އެއީ އެ ކުންފުނީގެ ޖުމްލަ އާމްދަނީގެ 90 ޕަސެންޓެވެ. ނަމަވެސް ޓާޓާއާއެކު ޖެހުނު މައްސަލައަކާ ގުޅިގެން ޓާޓާގެ ހިއްސާތައް ވަނީ ބޭނުންނުކުރެވޭ ގޮތަށް ތަޅުލެވިފައެވެ.

އިކޮނަމިކް ޓައިމްސްއިން ބުނެފައި ވަނީ އެފްކޮންސް ވިއްކާލައިގެން ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ޝަޕޫރު ގްރޫޕުން ލަފާ ކުރެއެވެ. ނަމަވެސް މިވަގުތު ވިއްކާލުމަށް އެއްވެސް މަސައްކަތެއް ނުކުރެއެވެ. އަދި ކުންފުނި ވިއްކާލުމުގެ މަގްސަދުގައި ޝަޕޫރް ގްރޫޕުން އެއްވެސް އެހެން ބަޔަކާ ވާހަކަ ދައްކާފައިނުވާ ކަމަށް ވެސް ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.