ގާޒީ ފަރުހާދުގެ ސުލޫކީ މައްސައެއް ނެތްކަމަށް ނިންމައިފި

ގާޒީ ފަރުހާދުގެ ސުލޫކީ މައްސައެއް ނެތްކަމަށް ނިންމައިފި

Author
މުޙައްމަދު ޝަޒައިމް
11 އޭޕްރިލް 2023 10:10
0

ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދުއަށް ކުރި ތުހުމަތުތަކާ ގުޅިގެން އޭނާ ސުލޫކީ މިންގަނޑާއި ހިލާފުވެފައި ނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި ތަހުގީގުން ނިންމައިފިއެވެ.

ކޯޓުގެ ބައެއް މައްސަލަތަކުގެ ފައިލް، ގާޒީ ފަރުހާދު ކޯޓުން ބޭރަށް ގެންދާ ކަމަށް ބުނެ އޭސީސީ އަށް ބަޔަކު ކުރިން މައްސަލަ ހުށަހަޅައި، އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރިއެވެ.

އެކަމަކު، ޖޭއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ އެ ކޮމިޝަނުން އެ މައްސަލަ ބެލިއިރު، ފަނޑިޔާރުންގެ ޖަމިއްޔާގެ ތަރުޖަމާނުގެ މަގާމު ވެސް ފުރުއްވާ ފަރުހާދަށް ކުރާ އެ ތުހުމަތަށް ބާރު ލިބޭ އެއްވެސް ހެއްކެއް އަދި އެފަދަ ހޯދުމެއް ވެސް ހޯދިފައި ނުވާ ކަމަށެވެ. އެއީ ސައްހަ ޝަކުވާއެއް ކަމަށް ނުވާތީ އެ މައްސަލަ ބަލާނެ ތަނެއް ނެތް ކަމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން ބުންޏެވެ.

ފަރުހާދު ވަނީ އެ ތުހުމަތުތައް ބަޔަކު ކުރުމާ ގުޅިގެން އެއީ ރަނގަޅު ތުހުމަތުތަކެއްތޯ ބަލައި ދިނުމަށް އަމިއްލަ އަށް އޭސީސީ އާއި ޖޭއެސްސީ އަށް ވެސް ކުރިން ހުށަހަޅުއްވައިފައެވެ. ފަރުހާދަކީ މިދިޔަ ފަސް އަހަރަށް ބަލާއިރު، ސިވިލް ކޯޓުގައި ކޮންމެ އަހަރަކު ވެސް އެންމެ ގިނަ މައްސަލަތައް ނިންމެވި ފަނޑިޔާރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.