މިދިއަ އަހަރު ނެރުނު އާމިރު ގެ އުންމީދީ ފިލްމް "ލާލް ސިންގް ޗައްޑާ" އަށް ލިބުނު ބޮޑު ނާކާމިޔާބީ ގެ ސަބަބުން ހިތްހަލާކުވެ، އެކްޓިންގް އިން ބްރޭކެއް ނަގައިފައިވާ ބޮލިވުޑްގެ މަޝްހޫރު އެކްޓަރު އާމިރު ހާން ދެން ފެނިގެންދާނީ އެކްޝަން ފިލްމް އަކުން ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
"ލާލް ސިންގް ޗައްޑާ" ފްލޮޕް ވުމާއި ގުޅިގެން އާމިރު ހުރީ ދޮޅު އަހަރެއްހައި ދުވަހުގެ ޗުއްޓީގައިއެވެ. މި ޗުއްޓީގައި އޭނާ ބޭނުން ވަނީ އާއިލާ އާއި އެކުގައި ކޮލެޓީ ވަގުތު ކޮޅެއް ހޭދަ ކުރަން ކަމަށް އޭނާ ބުނެއެވެ. ނަމަވެސް ބައެއް އިވެންޓް ތަކުން އޭނާ އަންނަނީ ފެންނަމުންނެވެ. އަދި ކުރިއަށް ކުޅެން ބޭނުންވާ ފިލްމް އެއްވެސް ހޯދުމުގެ މަސައްކަތް ވެސް އޭނާ ހުއްޓައެއް ނުލައެވެ.
"ޕަޓާން" ގެ ކާމިޔާބީ ފެނި މިހާރު އާމިރު ބޭނުން ވަނީ އެކްޝަން ފިލްމް އަކުން ފުރުސަތު ކަމަށާއި އެގޮތުން ދެން އޭނާ އަނެއްކައިވެސް ބޮޑު ސްކްރީން އަށް އެނބުރި އަންނާނީ ވަރުގަދަ އެކްޝަން ފިލްމަކާ އެކީގައި ކަމަށް ވެއެވެ. އެހެންވެ " ޕަޓާން " އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ޕްރޮޖެކްޓަކުން ފުރުސަތު ހޯދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް ވެއެވެ.
މީޑިއާތަކުން ބުނި ގޮތުގައި އެ ސްޓޫޑިއޯގެ މަގުބޫލު "ދޫމް" ފްރެންޗައިޒުން އެންމެ ފަހުން ގެނެސްދިން 2013 ގެ "ދޫމް 3″ ގެ ޑަބަލް ރޯލު ކުޅެގެން ފިލްމް ކާމިޔާބު ކޮށްދިން އެކްޓަރު އެ ފިލްމް ގެ އިތުރު ބައެއް ހެދުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެއެވެ. ނަމަވެސް އަދި ރަސްމީ ގޮތުން އެއްވެސް މައުލޫމާތެއް އާމިރުގެ ކުރިއަށް އިތް ފިލްމް އާއި ބެހޭގޮތުން މިހާތަނަށް ހާމަ ކޮށްފައިއެއ ނުވެއެވެ.
"ލާލް ސިންގް ޗައްޑާ" ފްލޮޕް ވުމާއި ގުޅިގެން އޭނާ ކުޅެން އޮތް ފިލްމް ވަނީ ދޫކޮށްލައިފައިއެވެ. އެއީ ސްޕެއިންގެ ފިލްމެއް ކަމަށްވާ "ޗެމްޕިއަންސް" ގެ ހިންދީ ރިމޭކެވެ. މި ފިލްމް ނުކުޅެން އޭނާ ނިންމައި ބްރޭކަކަށް ދިއަ އިރުގައި އާމިރު ބޭނުން ވަނީ މި ފިލްމް ސަލްމާން ލައްވާ ކުޅުވާށެވެ. ނަމަވެސް މި ފިލްމް އޮތި އަދި ވާނުވާ ގައިއެވެ.
ކޮމެންޓު ފޮނުވާ