އައްޑޫ ސިޓީގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވި ވެރިޔަކަށް މިހާތަނަށް ވަޑައިގެންނެވީ ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްކަމަށް އައްޑޫ މަރަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.
މަވޯޓާ ވިދާޅުވީ، އައްޑޫ ބިން ހިއްކުމާއި ގަން އެއަރޕޯޓާއި އަދި އައްޑޫ ޕޯޓް ތަރައްޤީކުރުމަށް މިސަރުކާރުން ހިންގާ މަޝްރޫޢުތަކަކީ 200 މިލިޔަންގެ އަގުހުރި މަޝްރޫޢުތަކެއްކަމަށެވެ. އަދި ހަންކެޑެ ތަރައްޤީކުރުމުގެ މަޝްރުޢަކީ 145 މިލިޔަނަށްވުރެ ގިނަ ފައިސާ ޚަރަދުވާ މަޝްރޫޢެއްކަމަށާ، މިއީ ރައީސް ޞާލިޙުގެ މި ވެރިކަމުގައި ފަށައިގެން ކުރިއަށް ގެންދާ މަޝްރުޢުތަކެއް ކަމަށެވެ.
Addu City ge tharaggee ah emme is kameh dhevvi veryakee @ibusolih . Siyaasee vaadha verin dharani bodu vanee thikan nukuraashey gova govaa thibaa Covid-19 emme dhathi vaguthu ga mashroou thah kuriyah gendhevi. Hama loan nagaigen. Rayyithun ge hagguga
— Ibrahim Shareef (@AdduShareef) April 9, 2023
އެހެންކަމުން މި މަޝްރޫޢުތައް ހުއްޓުވާލާނެ، ނުވަތަ މަޑުޖައްސާލާނެ ބޭފުޅަކަށް އައްޑޫމީހުން ވޯޓު ނުދޭނެކަމަށްވެސް މަވޯޓާ ވިދާޅުވިއެވެ. އައްޑޫ ސިޓީގެ ތަރައްޤީއަށް އެންމެ އިސްކަމެއް ދެއްވި ވެރިޔަކީ ރައީސް ޞާލިޙު ކަމަށާ، ދަރަނި ބޮޑުވަނީކަމަށް ބުނެ ކަންކަން ނުކުރުމަށް ސިޔަސީ ވާދަވެރިން ގޮވަގޮވާ ތިއްބައި ކޮވިޑް19ގެ އެންމެ ދަތި ވަގުތުގައިވެސް މަޝްރޫޢުތައް ނުހުއްޓައި ކުރިއަށް ގެންދިކަމަށް މަވޯޓާ ވިދާޅުވިއެވެ.
އަދި މިސަރުކާރުން ހިންގި ތަރައްޤީގެ މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ފުޅާވެ ރައްޔިތުންނާއި ދައުލަތުގެ ޢާމްދަނީ އިތުރުވެ ވަޒީފާވެސް އިތުރުވާނެކަމަށާ، އެއާއެކު ވިޔަފާރިތައް ފުޅާވެ ޓެކްސް ރިޓާން ބޮޑުވެ ދަރަނިދެއްކުމަށް ފަސޭހަވެގެންދާނެކަމަށް މަވޯޓާ ވިދާޅުވިއެވެ.