"އޭއެފްސީ ބްރެކެޓް ޗެލެންޖް" ގެ ފައިނަލުގައި ހޮންގްކޮންގެ އެންމެ ކާމިޔާބު ކުޅުންތެރިޔާ ޗަން ސިއު ކީ ތަފާތު ބޮޑުކޮށް ބަލިކުރުމަށްފަހު ރާއްޖޭގެ އިތުބާރު ފޯވާޑް އަލީ އަޝްފާޤް މި ޗެލެންޖް ކާމިޔާބު ކޮށްފިއެވެ.
? IT'S OFFICIAL! ?
?? Ali Ashfaq is the AFC Cup #BracketChallenge winner!
? Congratulations @AliAshfaq07https://t.co/kSb9JPryWd
— #AFCCup2020 (@AFCCup) November 29, 2020
އަޝްފާޤު މިޗެލެންޖު ކާމިޔާބު ކޮށްފައިވަނީ އޭނާއާއި ވާދަކުރި ޗަން ސިއު ކީގެ މައްޗަށް ތަފާތުބޮޑުކޮށް ވޯޓު ހޯދައިގެންނެވެ. އަޝްފާޤަށް 89.14 އިންސައްތަ ވޯޓު ލިބިފައިވާއިރު، އޭނާއާއި ވާދަކުރި ޗަން ސިއު ކީ އަށް ލިބިފައިވަނީ 10.86 އިންސައްތަ ވޯޓެެވެ.

އޭއެފްސީ ކަޕުގައި ވަކިވަކި ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ދަގަނޑޭ މި މުބާރާތުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ޖަހަައިދިން ރީތި ހިތްގައިމު ސޯލޯ ގޯލެވެ. މިމެޗްގައި އަޝްފާޤު ވަނީ 5 ގޯލް ޖަހާފައެވެ. މި މެޗުގައި އަޝްފާޤުގެ ހުނަރުވެރި ޖާދޫ، ފެނިފައި ކޮމަންޓޭޓަރާއި، ދަނޑަށްވަދެ ތިބި އެތައް ސަޕޯޓަރުންގެ ސަމާލުކަންވެސް އަޝްފާޤަށް ހުއްޓިގެން ދިޔައެވެ.

އަޝްފާގު ޖަހާފައިވާ ގޯލާއި، އޭނާއާއި ވާދަކުރާ ކުޅުންތެރިޔާ ޖަހާފައިވާ ގޯލަށް އެކަނި ބަލައިލުމުންވެސް ބަލާހިތުން ބަލާލައި، ގައިން ހީބިހި ނަގާފަދަ ހިތްގައިމު ގޯލެއް ޖަހާފައިވަނީ އަޝްފާޤު ކަމާއިވެސް ދުނިޔޭގެ ފުޓުބޯޅައަށް ލޯބިކުރާ އެއްވެސް މީހަކު ދެބަސް ނުވާނެއެވެ. މިގޯލަކީ ތަފާތު މޮޅު ގޯލެއްކަން ސާބިރުކޮށްދެނީ މިއަދު އަޝްފާޤާއިއެކު ދިވެހިން ކުރި މައްސަކަތުން އޭނާ ފައިނަލުގައި އޮތުމެވެ.

އަޝްފާގަށް ފައިނަލު ކާމިޔާބު ކޮށްދިނުމުގައި ވަރަށް ގިނަ އަދަދެއްގެ ބައެއްގެ ވޯޓު އޭނާއަށް ވަނީ ދެއްވާފައެވެ. ޚާއްސަކޮށް މިކަމަށް ޚާއްސަވެގެން ކެންޕެއިން ޓީމުތައް އެކުލަވާލައި ރެއާއިދުވާލު ވޯޓުލުމުގައި ޒުވާން ޓީމެއް ވަނީ މުހިން ދައްރެއް އަދާކޮށްފައެވެ. އަޝްފާޤަށް މިއަދު މިސަރަހައްދުގެ އެންމެ ހިތްގައިމު ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް ލިބި ޤައުމަށް އުފާވެރިކަން ގެނެސްދީފައިވާއިރު އިއްޔެއަކީވެސް ރާއްޖެއަށް އުފާވެރި ދުވަހެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއިން އިއްޔެވަނީ ހޯދާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ ބޮޑު އަދަވަޅުން އަރައި ގަތުމަށް މި ދެ އެވޯޑަކީ ނުވަތަ ރަން ވަނައަކީ މުހިންމު ދައުރެއް އަދާކުރާނެ ރަންވަނަ ތަކެކެވެ. ރާއްޖެއަކީ ކޮންތަނެއްކަން ރާއްޖޭގެ މަޤުބޫލުކަމާއި، ރީތިކަމަކީ ކޮބައިކަން އަދި ރާއްޖޭގެ ރަންވަނަތަކަކީ ކޮބައިކަން ދުނިޔެއަށް ފެންނަން ހުރުމަކީ މިޤައުމުގެ ކުރިއެރުމަށްވެސް އޮތް ނުހަނު ބޮޑު ބާރަކަށް ވާނެއެވެ.
ކޮމެންޓު ފޮނުވާ