2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ރިލީޒް ކުރި ފިލްމް "ޕުޝްޕާ" އަކީ މި އަހަރު ފެށުން އިރުވެސް އެންމެ ކާމިޔާބު އެއް ފިލްމެވެ. އެ ފިލްމް ވެގެން ގޮސްފައިވަނީ ތާރީހީ ފިލްމް އަކަށެވެ.
މި ފިލްމް ގެ ކާމިޔާބީ އާއި އެކުގައި މި ފިލްމްގެ ދެވަނަ ބައެއް މިހާރު ވަނީ ހަދައި އޭގެ ފުރަތަމަ ޕޯސްތަރު ދައްކައިލައިފައިއެވެ. މި ފިލްމް އަކީވެސް ފުރަތަމަ ފިލްމް އެކޭ އެއްފަދައިން ވަރަށް ކާމިޔާބު ފިލްމް އަކަށް ވާނެ ކަމަށް ފިލްމް މޭކާ އިން އަންނަނީ ބުނަމުންނެވެ.
"ޕުޝްޕާ: ދަ ރޫލް" ގެ ނަމުގައި އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ. ނަމަވެސް އޭގެ ކުރިން އައްލުގެ 40 ވަނަ އުފަންދުވަހާއި ދިމާކޮށް މި ވަނި ފިލްމްގެ ފަސްޓް ލުކް ޕޯސްޓަރު ބެމުންތެރިންނަށް ދޫކޮށްލައިފައިއެވެ.
މި ފިލްމުން ވެސް ކުރީގެ ފިލްމުގެ ލީޑުން ފެނުނު ތަރިން ފެންނާނެ ކަމަށާއި އަދި ފިލްމު އިތުރަށް ވަރުގަދަ ކުރުމަށް އާތަރިން ލައިފާވާ ކަަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ފިލްމްް ގެ މާ ތަފްސީލި ހަބރުތަކެއް މިހާތަނަށް ލިބިފައިއެއް ނުވެއެވެ.
"ޕުޝްޕާ" އަކީ ސުކުމާރު ލިޔެ، ޑައިރެކްޓްކުރި އެކްޝަން ޑްރާމާއެކެވެ. މީގެ ބަތަލާ އަކީ ރަޝްމިކާ މަންދަނާ އެވެ. "ޕުޝްޕާ: ދަ ރޫލް" ރިލީޒްކުރާނެ ތާރީހެއް އަދި ނޭނގެއެވެ.
ކޮމެންޓު ފޮނުވާ