ބޮލީވުޑްގެ ދެ ސްޕަސްޓާރުން ކަމުގައިވާ ސަލްމާން ހާން އާއި ޝާހުރުކް ހާން އެކުގައި ފެނިގެންދާ ފިލްމް "ޓައިގާ ވާސަސް ޕަޓާން" ގެ ޝޫޓިން އަންނަ އަހަރުގެ ޖެނުއަރީގައި ފަށާ ގޮތަށް ނިންމައިފައިވާ ކަމަށް މުނިފޫހި ފިލުވުމގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.
މި ފިލްމް އަކީ މިއަހަރު ރިލީޒަ ކުރި ޝާހުގެ "ޕަޓާން" އާއި މިއަހަރު ރިލީޒް ކުރުމަށް ހަޖެހިފައިވާ ސަލްމާންގެ ފުންޗައިޒް "ޓައިގާ" ގެ ކެރެކްޓާ ތަށް ނަގައިގެން ހަދަން ނިންމައިފައިވާ އެއްޗެއް ކަމަށް މައުލޫމާތު ލިބެއެވެ.
މި ދެމީހުން އެކުގައި ފިލްްމް އެއް ކުޅެމުން އަދން ކަން އިއުލާން ކުރި އިރުގައި ސަލްމާން ވަނީ ޝާހުގެ "ޕަޓާން" ގެ ހާއްސަ ފެނިލުމަކުން ފެނިގެން ގޮސްފައިއެވެ. އަދި "ޓައިގާ 3″ ގައި ޝާހްރުކްގެ ހާއްސަ ފެނިލުމެއް ވެސް ހިމެނޭނެ އެވެ.
މި ފިލްމް އަދި އަޅުވާނެ ތާރީހެއް އިއުލާން އެއް ނުކުރެއެވެ. ނަމަވެސް މި ފިލްމް އެމީހުންގެ އެކުގައި ފިލްމް ކުޅުން ފަދައިން ވަރަށް ތާރީހީ ފިލްްމްއަކަށް ވެގެން ދާނެ ކަމަށްވެއެވެ. ސަލްމާނާއި ޝާހްރުކް ކުރިން ވެސް އެކީގައި ފިލްމުތަކެއް ކުޅުނެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ 1995 ގެ "ކަރަން އަރުޖުން" އާއި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ސްކްރީންޕްލޭގެ ފުރަތަމަ ޑްރާފްޓް، "ޕަތާން" ގެ ސްކްރީން ރައިޓަރު ޝްރީދާރް ރަވްގަން އާއި ފިލްމު އުފައްދާ ކުންފުނި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ވެރިޔާ އަދިތިޔާ ޗޯޕްޅާ ވަނީ ނިންމައިފަ އެވެ.
މި ފިލްމު ޑައިރެކްޓްކުރާނީ ޖެނުއަރީގައި ރިލީޒްކުރި "ޕަތާން" ގެ ޑައިރެކްޓަރު ސިދާތު އާނަންދެވެ. ސިދާތު މިހާރު އަންނަނީ ރިތިކް އާއި ދީޕިކާ އެކުގައި ފެނިގެންދާ އަލަތު ފިލްމް "ފައިޓާ" ގެ މަސައްކަތް ކުރަމުންނެވެ.