ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ޝާހިދު ކަޕޫރު އާއި ކްރިތީ ސެނޮން އެކުގައި ކުޅުން އަލަތު ފިލްމް އަޅުވާ ދުވަސް އިއުލާން ކޮށްފިއެވެ. މި ފިލްމް އަކީ މިހާތަނަށް އަދި ނަމެއް ދީފައި ނުވާ ފިލްމް އެކެވެ
މި އަހަރުގެ އޮކްޓޯބަރުގައި މި ފިލްމް ގެނެސްދޭން ނިންމައި އޭގެ، ފަސްޓްލުކް ޕޯސްޓަރު ވެސް މިހާރު ވަނީ ދައްކައިލައިފައިއެވެ. މި ފިލްމް އަކީ ތަފާތު ލޯބީގެ ފިލްމް އެއް ކަމަށް ވެއެވެ.
ޝޫޓިން ނިންމައި ޕޯސްޓް-ޕްރޮޑަކްޝަންގައި އޮތް ފިލްމް އޮކްޓޯބަރުގައި އެޅުވި ނަމަވެސް ވަކި ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ. މި ފިލްމް ގެ ކާސްޓުގައި ޑިމްޕަލް ކަޕާޑިއާ އާއި ދަރްމެންދުރާ ވެސް ފެނިގެންދާނެއެވެ.
މި ފިލްމަކީ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އަށް އަމިތު ޖޯޝީ އާއި އަރާދަނާ ސާހް ޑައިރެކްޓްކުރި އެއްޗެކެވެ.
ކޮމެންޓު ފޮނުވާ