ސަލްމާން ގެ މި ފޮޓޯ ފެނި އެންމެން ބަސްހުއްޓިއްޖެ

ސަލްމާން ގެ މި ފޮޓޯ ފެނި އެންމެން ބަސްހުއްޓިއްޖެ

Author
ފާތިމަތު ނާވީ
09 އޭޕްރިލް 2023 06:56
0

މީ 57 އަހަރުގެ އެކްޓަރެކޭ ބުނަން އުދަގު ވާ ގިން ސަބަބުތަކެއް އެބަހުއްޓެވެ. އެއީ އެއުމުރުގެ އެހެން މީހުންނާއި ބަލާފައި ހަށިގަނޑާއި ސިއްހަތުގެ ގޮތުން މާބޮޑަށްވެސް ރަނގަޅުވީމައިއެވެ.

މި ދައްކަނީ ބޮލީވުޑްގެ ސްޕަސްޓާރު ސަލްމާން ހާން ގެ ވާހަކައެވެ. އެއީ އިތުރު ތައާރަފަކަށް ބޭނުން ނުވާނެ އަދި އެފަދަ ދެވަނަ އެއް ނެތް ތަރިއެކެވެ. މެދު އުޑުގައި ފިިޔަޖަހަމުން އަންނަ ސަލްމާން ގެ ކުރިއަށް އޮތް ފިލްމް ގެ ޕްރޮމޯޝަން ތަށް މިހާރު އަންނަނީ އެކި ގޮތްގޮތަށް ކުރަމުންނެވެ.

އެގޮތުން އޭނާގެ ފިލްމް "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ ޕްރޮމޯޝަން އަށް ފިލްމް ގެ އެކި ރަހަތަކުގެ ލަވަތަށް ވަނީ މިހާރު ބެލުންތެރިންނަށް ދޫކޮށްލައިފައިއެވެ. މިފަހަރު ސަލްމާން ދޫކޮށްލީ އޭނާގެ ހަށިގަނޑުގެ ފިޓުކަން ދައްކުވަައިދޭ ފޮޓޯއެކެވެ.

މި ފޮޓޯ ސޯޝަލް މީޑިއާގައި އޭނާ ޕޯސްޓް ކުރިތާ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ވަނީ ވައިރަލް ވެފައިއެެ. އަދި އޭނާގެ ފިޓު ކަން ފެނި ގިނަ ބަޔަކު ވަނި އަންތަރީސް ވެ ބަސް ހުއްޓި ފައިއެވެ.

 

View this post on Instagram

 

A post shared by Salman Khan (@beingsalmankhan)

ސަލްމާން އަކީ އަބަދުވެސް ކަސްރަތު ކުރުމާއި ފިޓުކޮށް ހުރުމަށް ހިއްވަރުދީ އަދި އެކަން ޕްރޮމޯޓް ވެސް ކުރާ ތަރިއެކެވެ. ފިޓްނެސްގެ ގޮތުން ސަލްމާނަކީ ގިނަ ބަޔަކަށް ރޯލް މޮޑެލްއެކެވެ. ގިނަ ބަޔަކު ސަލްމާން ގެ ކައިރިން މަޝްވަރާވެސް ހޯދާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.