ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް، ޕޯސްޓް މޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް: ފުލުހުން

ނައީމާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް، ޕޯސްޓް މޯޓަމް ހަދަންޖެހޭ ސަބަބެއް ނެތް: ފުލުހުން

Author
ހުސެއިން
08 އޭޕްރިލް 2023 10:23
0

އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، މި މަރާއު ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ވީހާއަވަކަށް އެމައުލޫމާތެއް ފުލުހުންނަށް ދިނުމަށް ފުލުހުން އެދިއްޖެއެވެ.

ނައީމާގެ މަރާއި ގުޅޭގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ނައީމާ ފެނިފައިވަނީ އޭނާގެ ޚަބަރެއް ނުވެގެން މިމަހުގެ 7 ވަނަ ދުވަހު އާއިލާގެ ފަރާތުން ފުލުހުންނަށް އެންގުމުން ކަމަށާއި، ނައީމާ ފެނުނުއިރު އޮތީ ދިރިއުޅޭ ކޮޓަރި ތެރޭގައި ތަޅުންގަޑުމަތީގައި އަނިޔާތަކާއެކު މަރުވެފައި ކަމަށެވެ.

އަދި އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ހުރުމުން މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދަނީ ހޮމިސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތަށް ކަމަށާއި، މިގޮތުން ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ތަހުގީގު ޓީމަކާއި ފޮރެންސިކް ޕެތޮލޮޖިސްޓެއް މިހާރުވެސް މަނަދޫގައި ހަރަކާތްތެރިވަމުން ދާކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

އިތުރަށް ފުލުހުން ވިދާޅުވެފައިވަނީ ނައީމާގެ ހަށިގަޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށްފަހު އިތުރަށް ޕޯސްޓްމޯޓަމް ހަދަންޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިލް ޕެތޮލޮޖިސްޓް ނިންމުމުން ހަށުގަޑު އާއިލާއާއި ހަވާލުކުރެވި މިރޭ 7:20 ގައި ހަށިގަޑު ވަޅުލާފައިވާ ކަމުގައެވެ.

އަދި މަރާއި ގުޅުންހުރި އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާންޓަމަންޓް ގުޅާ ހިއްސާކޮށް ދިނުމަށްވެސް ފުލުހުން އެދިފައި ވެއެވެ.

މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުން އައި އެ ރަށު އަންނާރުމާގެ، ނައީމާ މޫސާ 62، ހަބަރެއް ނުވެގެން އިއްޔެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް އެންގިއެވެ. އަދި އެ ގެއަށް ގޮސް ދޮރު ވައްޓާލައިގެން ބެލި އިރު، ނައީމާ އޮތީ ބިންމަތީގައި މަރުވެފައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ވަނީ ވަޅި ހަރައިފައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރުވެސް ތިބީ މަނަދޫގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.