ނައީމާގެ ހަށިގަޑު ވަޅުލައިފި، ތަހުގީގު ދަނީ ކުރިޔަށް

ނައީމާގެ ހަށިގަޑު ވަޅުލައިފި، ތަހުގީގު ދަނީ ކުރިޔަށް

Author
ހުސެއިން
08 އޭޕްރިލް 2023 08:34
0

އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާގެ ހަށިގަނޑު ވަޅުލައިފިއެވެ.

ނައީމާގެ ކަށުކަމާކެމީގެ ކަންކަން ނިންމުމަށްފަހު ހަށިގަޑު ވަޅުލާފައިވަނީ މިއަދުގެ މަޢުރިބް ނަމާދަށްފަހުއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޢިމާގެ ހަށިގަޑު ވަޅުކާފައިވަނީ، ފުލުހުންގެ ތަހުގީގަށް ބޭނުންވާ ސާމްޕަލްތައް ނެގުމަށްފަހުއެވެ.

ނައީމާގެ މަރުގެ ތަހުގީގަށް ފުލުހުން އަދުވެސް މަނަދޫގައި ހަރަކާތްތެރިވަމުންދިޔަ ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފުލުހުންނަށް އެގުމަކާއިނުލާ މަނަދޫއިން އެއްވެސް މީހަކު ފުރުން ނުވަތަ އެތަށް އެރުންވެސް ވަނީ މަނާކޮށްފައެވެ.

މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުން އައި އެ ރަށު އަންނާރުމާގެ، ނައީމާ މޫސާ 62، ހަބަރެއް ނުވެގެން އިއްޔެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް އެންގިއެވެ. އަދި އެ ގެއަށް ގޮސް ދޮރު ވައްޓާލައިގެން ބެލި އިރު، ނައީމާ އޮތީ ބިންމަތީގައި މަރުވެފައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި ނައީމާގެ ހަށިގަނޑުގެ 21 ތަނަކަށް ވަނީ ވަޅި ހަރައިފައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންގެ ޓީމެއް މިހާރު ތިބީ މަނަދޫގައެވެ.

ނައީމާއަކީ ރަށު ކައުންސިލްގެ ވަޒީފާގައި ރަށު ތެރެެ ކުނި ކަހައި ސާފުކޮށް އުޅޭ މީހެކެވެ. އޭނާގެ ތިން ކުދިން ތިބެއެވެ. ނައީމާ ދިރިއުޅެމުން ދިޔައީ، އޭނާގެ ރަޖިސްޓްރީ ވެސް އޮންނަ ގޭގައި ކަމަށްވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.