ހުޅުމާލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި މީހަކު ނިޔާވެއްޖެ

ހުޅުމާލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި މީހަކު ނިޔާވެއްޖެ

Author
މުޙައްމަދު ޝަޒައިމް
03 އޭޕްރިލް 2023 11:44
0

ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ހުޅުމާލޭ ފޭސް 2 އެމްޕީއެލް ފްލެޓް ކައިރިން ޕިކަޕަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް ވެފައިވާކަމުގެ މަޢުލޫމާތު މިއަދު 09:56 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 59 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ

މި މައްސަލަ ފުލުހުން ދަނީ ތަހްގީގްކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.