އަމަލީ ދުނިޔެ އިސްލާހު ކުރެވޭނީ ހިކުމަތްތެރިކަމާއިއެކު ކެތްތެރިވެގެން: އިމްރާން

އަމަލީ ދުނިޔެ އިސްލާހު ކުރެވޭނީ ހިކުމަތްތެރިކަމާއިއެކު ކެތްތެރިވެގެން: އިމްރާން

ގުޅުންހުރި

އަމަލީ ދުނިޔެ އިސްލާހު ކުރެވޭނީ ހިކުމަތްތެރިކަމާއިއެކު ކުރިމަތިވާ ކަންކަމަށް ކެތްތެރިވެގެން ކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި މިހާރުގެ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ކުރުމަށް ނިންމާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޚިޔާލީ ދުނިޔެ އިސްލާހު ކޮށްލުމަކީ ކޮންމެ މީހަކަށްވެސް ވެދާނެ ކަމެއްކަމަށެވެ. ނަމަވެސް އަމަލީ ދުނިޔެ އިސްލާހު ކުރެވޭނީ އެކަމުގެ އިލްމާއި ޚިލްމުވެސް ހުރެގެންކަމަށެވެ.

ޚިޔާލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމާއި އަމަލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމަކީ ވަރަށް ތަފާތު ދެކަމެއް ކަމަށް ވިދާޅުވެ އިމްރާން ވިދާޅުވީ އަމަީ ދުނިޔޭގައި އަޒުމާއި ހިތްވަރާއިއެކު އަމަލީ ގޮތުން އެކަމެއް ކުރުމުގެ ހިތްވަރު ހުރެ ކެތްތެރިކަން އިސްކޮށް ނޫނީ ކަންކަން އިސްލާހު ނުވާނެކަމަށެވެ.

ޚިޔާލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމާއި އަމަލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމަކީ ވަރަށް ތަފާތު ދެކަމެއް. ޚިޔާލީ ދުނިޔެ ކޮންމެ މީހަކަށްމެ އިސްލާހުކޮށްލެވިދާނެ. ނަމަވެސް އަމަލީ ދުނިޔެ އިސްލާހު ކުރެވޭނީ، އިލްމާއި ޚިލްމު އެއްކޮށް، އަޒުމާއި، ހިތްވަރާއި، ހިކުމަތު އަމަލީ އެއްކޮށް ކެތްތެރިވެގެން.

– އިމްރާން ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އޮތް ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ޖޭޕީ ވަނީ ރިޔާސީ ރޭހަށް ވަކިން ނުކުންނަން ނިންމައިފައެވެ. އަދި އެމްއާރްއެމުން، މި ފަހަރު ރައީސް ޞާލިޙާއެކު ކޯލިޝަން ހަދަން ނިންމައިފައިނުވާއިރު، އެޕާޓީން ދަނީ ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާ މަޝްވަރާ ކުރައްވަމުންނެވެ. ކޯލިޝަނާމެދު އެމްއާރުއެމް އިން ވަކި ގޮތެއް އަދި ނުނިންމައެވެ.

ސެޕްޓެމްބަރު 9ގައި ބާއްވާ ރިޔާސީ އިންތިޚާބު، އެއްބުރުން ކާމިޔާބުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީީސް ސޯލިހު ދަނީ ވިދާޅުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ