ބޮލީވުޑްގެ ސުޕަސްޓަރ ސަލްމާން ޚާން ގެ ކުރިއަށް އޮތް ފިލްމް "ކިސީކާ ބާއި ކިސިކީ ޖާން" ގެ އިތުރު ލަވައެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ. މިފަހަރުގެ ލަވަ އަކީ ވަރަށް ފޯރިގަދަ ލަވައެކެވެ.
"ބަތުކަމްމާ" ކިޔާ މި ލަވަ މިހާރު ވަނީ ބެލުންތެރިނަށް ދޫކޮށްލައިފައިއެވެ. "ބަތޫކަމްމާ" އަކީ ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފުޅަނދު ފެސްޓިވަލްއެކެވެ. ބަތޫކަމްމާ ފާހަގަކުރަނީ ތެލަންގަނާގައި އަންހެނުން ނުވަ ދުވަސް ވަންދެން ފާހަގަކުރާ ފުޅަނދު ފެސްޓިވަލަކުންނެވެ. މި ލަވައިގައި ސަލްމާން ޚާން އާދަޔާ ހިލާފު ތެލެގޫ ހެދުންއަޅައިގެން އޭނާ ސަގާފަތަށް އޮތް ލޯބި ދައްކުވައިދެ އެވެ.
"ބަތޫކަމްމާ" ގެ މިއުޒިކް ހަދާފައި ވަނީ ރަވީ ބަސްރޫރު އެވެ. މި ލަވައިގެ މިއުޒިކު ދަތުރުކޮށް ގެންގޮސްދޭނީ އިންޑިއާގެ ދެކުނުގެ ރީތި އަދި ހިތްގައިމު ރާގުތަކާއި ދިމާލަށެވެ. ސަންތޯޝް ވެންކީ، އައިރާ އުޑުޕީ، ހަރީނީ އިވާތޫރީ، ސުޗެތާ ބަސްރޫރު އަދި ވިޖަޔަލަކްޝްމީ މެޓީނަހޯލް ކިޔައިފައިވާ މި ލަވައިގެ ލިރިކްސް ތައްޔާރު ކޮށްފައިވަނީ ޝައްބީރު އަހުމަދު، ރަވީ ބަސްރު، ކިންނާލް ރާޖް އަދި ހަރީނީ އިވާތޫރީ އެވެ.
އަންނަ މަހުގެ 21 ގައި ރިލީޒްކުރާ "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" އަކީ ފަރުހާދު ސަމްޖީ ޑައިރެކްޓްކޮށްފައިވާ އެކްޝަން ފިލްމެކެވެ. މި ފިލްމުގައި ސަލްމާނާއި ޕޫޖާގެ އިތުރުން ހިމެނޭ އިތުރު ތަރިންގެ ތެރޭގައި ޖޭސީ ގިލް، ރާގަވް ޖުޔަލް، ސިދާތު ނިގަމް އަދި ބިގްބޮސް ސީޒަން 13 އިން ވިދާލި ޝެހެނާޒް ގިލްވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ