މިއަދު ހެނދުނު މާލެއަށް ކުރި ވިއްސާރައިގައި ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެއްޖެއެވެ.
ހެނދުނު 6:30 ހާއިރު މާލެއަށް ގުގުރުމާއެކު ބޯކޮށް ވާރެވެހުމުގެ ސަަބަބުން މާފަންނާއި ހެންވޭރުގެ ބައެއް ސަރަހައްދުތަކުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އަދި މަގުމަތީގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގެއަށްވެސް ވަނީ ފެން ވަދެފައެވެ. މީގެއިތުރުން ބައެއް ސަރަހައްދުތަކުގައި ވެހިކަލްތައް ދުއްވުމަށް ދަތިވާވަރަށް ވަނީ ފެންބޮޑުވެފައެވެ.
މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފްއިން ވަނީ ފެން ހިންދުމުގެ މަސައްކަތްވެސްކޮށްފައެެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން މިހާރު ވަނީ މެންދުރު 12:00އާ ހަމައަށް މާލެ އަތޮޅާއި ވ.އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށް ވައިޓް އެލާޓްވެސް ނެރެފައެވެ.
ކޮމެންޓު ފޮނުވާ