"މައިދާން" ގެ ޓީޒާއެއް ދައްކައިލައިފި

"މައިދާން" ގެ ޓީޒާއެއް ދައްކައިލައިފި

Author
ފާތިމަތު ނާވީ
01 އޭޕްރިލް 2023 07:50
0

ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ގެ ފިލްމު "މައިދާން" ގެ ޓީޒާ އެއް ދައްކާލައިފި އެވެ.

ނުނެރެވި ލަސްވަމުންދާ މި ފިލްމް އެޅުވުމަށް ތާރީހްތަށް 2020 އިން ފެށިގެން އައީ އިއުލާން ކުރަމުންނެވެ. ކޮންމެ ފަހަރަކުވެސް ފިލްމް ނޭޅުވި އައު ތާރިކަށް ބަދަލުވެގެން ދަނީއެވެ. އެންމެ ފަހުން ފިލްމް އެޅުވުމަށް ތާވަލް ކޮށްފައި އޮތީ މިދިއަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހަށެވެ.

ބޯނީ ކަޕޫރް ޕްރޮޑިއުސްކޮށް، އަމިތު ޝަރުމާ ޑައިރެކްޓްކޮށްފައިވާ މި ސްޕޯޓްސް ބައޮގްރަފިކަލް ޑްރާމާ މިހާރު ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ ޖޫން 23 ގަ އެވެ.

 

View this post on Instagram

 

A post shared by Ajay Devgn (@ajaydevgn)

 

އިންޑިއާ ފުޓްބޯޅައިގެ ރަން ދުވަސްވަރު (1952-1962) ގައި ކޯޗުކަން ކޮށްދިން ސައިދު ޢަބްދުއްރަޙީމްގެ ޙަޔާތުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ “މައިދާން” ގައި ސައިދުގެ ރޯލުން ފެނިގެންދާނީ އަޖޭއެވެ. އިތުރު މުހިންމު ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ދެކުނު އިންޑިއާގެ ބަތަލާ ޕްރިޔަމާނީ، ރުދްރަނިލް ގޯޝް އަދި ގަޖްރާޖް ރާއޯ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.