ޝިފާޒް މަޤާމުން ވަކިކުރެއްވުމަކީ އެމްޑީޕީ ޕީޖީގެ އެދުމެއް: ރޮޒައިނާ

ޝިފާޒް މަޤާމުން ވަކިކުރެއްވުމަކީ އެމްޑީޕީ ޕީޖީގެ އެދުމެއް: ރޮޒައިނާ

Author
ޢަލީ އާދަމް
30 މާރޗް 2023 06:39
0

ރައީސް އޮފީހުގެ މިިނިސްޓަރުކަމުގެ މަޤާމުން އިއްޔެ ވަކިކުރެއްވި އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒު މަޤާމުން ވަކިކުރެއްވުމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެވެސް ވަރަށްބޮޑު އެދުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އިރެއްގައި އެމްޑީޕީގެ ސަރުކާރު ގެނައުމަށް މަސައްކަތްކުރިއެއްކަމަކު ޝިފާޒަކީ މިއަދު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އާ ދެކޮޅަށް މަސައްކަތްކުރައްވާ ބޭފުޅެއްކަމަށެވެ. އެހެންކަމުން އެފަދަ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ ސިޔާސީ މިނިސްޓަރަކަށް ބެހެއްޓެވުމަކީ ބުއްދި ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ. އެހެންކަމުން ޝިފާޒް މަޤާމުން ވަކުރެއްވުމަކީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވަރަށްބޮޑަށް އެދޭކަމެއްކަމަށެވެ.

ޝިފާޒް މަޤާމުން ވަކިކުރެއްވީ ރައީސުލްޖުމްހޫރިއްޔާއާ އޭނާގެ ފިކުރު ތަފާތުވުމުންކަމަށާ، މީހެއްގެ ފިކުރު ތަފާތުވެގެން އޭނާ ވަޒީފާއިން ވަކިނުކުރައްވާނެކަމަށް ރައީސް ޞާލިޙު ކުރިން ވިދާޅުވެފައި ވާކަމަށްބުނެ އެމްޑީޕީގެ ރައީސް ނަޝީދުގެ ފެކްޝަނާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ ފާޑުކިޔަމުންނެވެ. މި ފާޑުކިޔުންތަކަށް ރައީސް ޞާލިޙަށް ތާޢީދުކުރައްވާ މަޖިލިސް މެމްބަރުންނާއި ޢާންމު މެމްބަރުން އަންނަނީ ރައްދުދީ ސަރުކާރު ދިފާޢުކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.