އެމްޑީޕީގެ އާންމު މެންބަރުންގެ އަޣުލަބިއްޔަތާ ދެކޮޅުހެދޭނެ ލައިސަންސެއް ނޯންނާނެ: ޝިފާޢު

އެމްޑީޕީގެ އާންމު މެންބަރުންގެ އަޣުލަބިއްޔަތާ ދެކޮޅުހެދޭނެ ލައިސަންސެއް ނޯންނާނެ: ޝިފާޢު

Author
ޢަލީ އާދަމް
30 މާރޗް 2023 05:45
0

އެމްޑީޕީގެ ޢާންމު މެންބަރުންގެ އަޣުލަބިއްޔަތާ ދެކޮޅުހެދޭނެ ލައިސަންސެއް އޮތް އެއްވެސް ބޭފުޅެއް އެމްޑީޕީއަކު ނުހުންނާނެކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު، ރައީސް އޮފީހުގެ މިނިސްޓަރުކަމުން އިއްޔެ ވަކިކުރެއްވި މުޙައްމަދު ޝިފާޒަށް ރައްދުދެއްވައިފިއެވެ.

ޝިފާޢު ވިދާޅުވީ އެމްޑީޕީގެ ލީޑަރޝިޕުގެ މަސްއޫލިއްޔަތަކީ ޕާޓީގެ އާންމުމެމްބަރުން ކަޑައެޅި ރިޔާސީ ކެންޑިޑޭޓަށް އިންތިޚާބު ކާމިޔާބުކޮއްދޭން މަސައްކަތް ކުރުންކަމަށެވެ. އެމްޑީޕީގެ އާންމު މެންބަރުންގެ އަޣުލަބިއްޔަތާއި ދެކޮޅުހެދޭނެ ލައިސަންސެއް އޮތް އެއްވެސް ބޭފުޅެއް އެމްޑީޕީއަކު ނުހުންނާނެކަމަށް އޭނާ ވިދާޅުވިއެވެ. ޝިފާއު އެއިޝާރާތްކުރައްވަނީ އެންމެފަހުން ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއަށެވެ. ރިޔާސީ ޕްރައިމެރީގައި ތަނަވަސް އަޣުލަބިއްޔަތަކުން އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އެހެންނަމަވެސް ޕްރައިމެރީ އިންތިޚާބުގެ ނަތީޖާ ނަޝީދު ޤަބޫލެއް ނުކުރައްވައެވެ. ނަތީޖާއާއެކު އޭނާވަނީ ކެމްޕެއިން ޓީމު ވަކި ފެކްޝަނަކަށް ބަދަލުކުރައްވައި ޕާޓީގެ ތެރެއިން ވަކި ޙަރަކާތެއް ފަށާފައެވެ. ކެމްޕެއިން ޝިޢާރެއްގެގޮތުގައި ބޭނުންކުރެއްވި "ފިކުރެއްގެ ދިރުން"ގެ ނަމުގައި ވަކި ހަރަކާތެއް ނަޝީދު ހިންގަވާއިރު، އެޙަރަކާރުން މަސައްކަތްކުރަނީ ރައީސް ޞާލިޙާދެކޮޅަށެވެ.

އިއްޔެ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަޤާމުން ވަކިކުރެއްވި ޝިފާޒަކީ އެޙަރަކާތުގެ އިސްސަފުން ފެންނަ ބޭފުޅެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކެބިނެޓުގެ ބޭރުން ސިޔާސީ މަގާމަކަށް އެންމެ ފުރަތަމަ އައްޔަނުކުރި ބޭފުޅުންގެ ތެރޭގައި ޝިފާޒް ހިމެނެއެވެ. އޭނާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދިނީ ނޮވެމްބަރު 22، 2018 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.