ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް! ޒުވާނަކަށް ސީރިއަށް އަނިޔާ

ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓެއް! ޒުވާނަކަށް ސީރިއަށް އަނިޔާ

Author
ޢަލީ އާދަމް
28 މާރޗް 2023 06:57
0

ސިނަމާލެ ބުރިޖުގައި އަނެއްކާވެސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ޒުވާނަކަށް ސީރިއަށް އަނިޔާތަކެއް ވެއްޖެއެވެ.

މަޢުމޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓު ހިނގީ ޓްރެފިކް ލައިޓް ރަތް ވެފައި ވަނިކޮށް ދުއްވާފައި ދިޔަ ވޭނަކުން ޖެހިއެވެ. އިއްޔެރޭ ހިނގި މިޙާދިސާގައި ޢުމުރުން 26 އަހަރުގެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށް މަޢުލޫމާތު ލިބެއެވެ.

މިއެކްސިޑެންޓާ ގުޅިގެން ފުލުހުން ވިދާޅުވެފައިވަނީ ސިނަމާލެ ބުރިޖުން މާލެއަށް ދަތުރުކުރި ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން މީހާއަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާކަމަށެވެ. އަނިޔާ ވެފައި ވަނީ ޢުމުރުން 26 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.