ނަޝީދުގެ މަރުހަބާ އާއި ޝުކުރު އަމްރު އަށް

ނަޝީދުގެ މަރުހަބާ އާއި ޝުކުރު އަމްރު އަށް

Author
މުޙައްމަދު ޝަޒައިމް
27 މާރޗް 2023 09:45
0

ފާއިތުވެގެން މިދާ ހަތަރު އަހަރަކީ އެސްޓީއޯގެ ތާރީހުގައިވެސް އެކުންފުނީގެ އެންމެ ކާމިޔާބު ހަތަރު އަހަރުކަމަށާއި، އެކަން އެގޮތަށް ކުރިއަށް ގެންދެވީތީ އެސްޓީއޯގެ އެމްޑީޕީކަމާއި، އެކި މަޤާމުތަކުން އިއްޔެ ވަކިކުރި ހުސެން އަމްރުއަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މަރުހަބާ ދަންނަވައިފިއެވެ.

އެސްޓީއޯގެ އެމްޑީކަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ އަމްރު ވަކިކުރެއްވީ މި އަހަރުގެ ރިޔާސީ އިންތިހާބަށް ރައީސްގެ ބަދަލުގައި ނަޝީދުގެ ފިކުރާ އެއްކޮޅަށް އަމްރު ފާޅުގައި ނުކުންނެވުމުން އޭނާ އެ ކުންފުނިން ވަކިކުރުމަށް ބޮޑެތި ފިއްތުންތައް ކުރިމަތި ވެފައި ވަނިކޮށެވެ.

އަމްރު ވަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ އާއި ނަޝީދުގެ ފެކްޝަނުން ގުޅިގެން މެނިފެސްޓޯ އެކުލަވައިލުމުގެ ފުރަތަމަ މަޝްވަރާ ބައްދަލުވުމުގައި ވެސް މިދިޔަ ހަފުތާގައި ބައިވެރިވެވަޑައިގެންފައެވެ. އަމްރު ވަކި ކުރުމާއި ގުޅިގެން ނަޝީދު ވިދާޅުވީ އެސްޓީއޯގެ މިދިޔަ ހަތަރު އަހަރަކީ އެކުންފުނީގެ އެންމެ ކާމިޔާބު ހަތަރު އަހަރު ކަމަށެވެ.

ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ ފާއިތުވެދިޔަ ހަތަރު އަހަރުގެ މަސައްކަތަކާއި، އެސްޓީއޯގެ މަސައްކަތާއި އަޅާ ކިޔާލުމުން މިކަން ސާފުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ކޯވިޑްގެ ހާލަތުގައިވެސް އަދި ދުނިޔޭގެ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކާއިއެކުވެސް ތަކެތީގެ އަގު ބޮޑުނުވެ އެއްވަރެއްގައި ހިފަހައްޓައި، އެއްވެސް ރަށެއް ކާޑަށް ނުޖެހި އުޅެވޭނެ ގޮތް ހެދީ އަމްރުގެ މޭސްތިރި ކަމުގެ ދަށުންކަމަށް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ހަތަރު އަހަރަކީ އެސްޓީއޯ ރަނގަޅު ނަތީޖާ ނެރުނު އަހަރުތަކެއް. ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކާއި އަޅާ ކިޔާލުމުން ސާފުވާނެ. ދައިދާ ބޮޑު އެހެނަސް ތަކެތީގެ އަގު އުފުލުނަ ނުދީ ހިފެހެއްޓި. ކޯވިޑްގެ ހާލަތުގައިވެސް ރަށްރަށް ކާޑަށް ނުޖެހި ހިފެހެއްޓި. އަމްރުއަށް މަރުހަބާ.

– ރައީސް ނަޝީދު ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ވެސް އަމްރު ހުންނެވީ ނަޝީދާއެކުއެވެ. އެ ކެމްޕެއިންގައި އަމްރު ފާޅުގައި ނުކުންނެވުމުން އޭރު ވެސް އޭނާ އެސްޓީއޯ އިން ވަކިކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ އެތެރެއިން އެކި ފެންވަރުގެ މީހުން ފިއްތުންތައް ކުރިމަތިކުރިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުން އަމްރު ވަކި ކުރުމާއެކު ވަގުތީގޮތުން އެކުންފުނި ހިންގެވުމާ ހަވާލުވާނީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ، ޗީފް ފައިނޭންޝިއަލް އޮފިސަރ މުޙައްމަދު ނިޒާމް ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަލާކު
މިއިިިިިީ އެމް ޑީ ޕީ ގެ އުސޫލާ ހަމަތަކެއް ނޫން ވަރަށް ހަޑި
ބ ބަފާ
ހެޔޮވިސްނޭ މީހުން ކުރާ ޒާތުގެ ކަންތަކެއް ނޫން. އަމްރުވެސް މޮޔަވީ!!!
އަމްރު ޚިދުމަތްކުރެއްވީ ޤައުމަށް ރައްޔިތުންނަށް ކޮށްދެއްވި ޚިދުމަތުގައި ގޯސްކަމެއް އަދި ކޮރޮޕްޝަނެއް ނުވާއިރު އޭނައާއިމެދު އެޅުއްވި ފިޔަވަޅަކީ ސަރުކާރުގައި އޯގާތެރިކަމެއްނެތްކަން.