އިސްރާފު ކުރުމަކީ ޝައިޡާނާގެ އަމަލެއް ކަމަށާއި، އެއީ އެކަމުގެ ގެއްލުން ސިއްޙީ ގޮތުންނާއި، މާލީ ގޮތުން ފަރުދުންނާއި މުޖުތަމަޢަށް ފޯރާނެކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޡުބާގައި ވިދާޅުވެއްޖެއެވެ.
"އިސްރާފު ކުރުމަކީ ނިޢުމަތްތަކަށް ކުފުރު ވުމެވެ." މި މައުޟޫއަށް ޚާއްސަ ކުރެވިގެންިޔަ މިއަދުގެ ޚުޡުބާގައި ވިދާޅުވި ގޮތުގައި ކާބޯތަކެތިން ބަނޑު ފުލާނުލުމަށް މާތް ނަބިއްޔާވަނީ އިރުޝާދު ދެއްވާފައި ވެއެވެ.
އަބަދުވެސް ތިންބައިކުޅަ އެއްބައި ހުހަށް ބެހެއްޓުމަށެވެ. މުސްލިމުން ކައިބޮއި އުޅެންވާނީ ދިރިހުރުމަށްޓަކައެވެ. ކެއުމަށާއި، ބުއިމަށްޓަކައި ދިރިތިބޭ ބަޔަކަށް މުސްލިމުން ވެގެން ނުވާނެއެވެ.
– މިއަދު ޚުޡުބާގައި ބަޔާން ކޮށްފައި ވެއެވެ.
ޚުޡުބާގައި އިތުރަށް ވިދާޅުވި ގޮތުގައި މާތް ރަސްކަލާންގެ ދެއްވި ނިޢުމަތްތަކުން އިސްރާފު ކުރުމަކީ އެކަނލާގެ ރުހިވޮޑިގެންވާ ކަމެއް ނޫނެވެ. އަދި އުމުރާއި ވަގުތު އެކަލާނގެ ރުއްސަވާ ގޮތުގައި ބޭނުން ނުކޮށްފިނަމަ ގިޔާމަތްދުވަހު ސުވާލު ކުރެވޭނެކަމުގައިވެސް ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދު ފަސޭހައިން ލިބެން ހުންނަ ފެނާއި ކަރަންޓަކީ އަހަރެމެން ވަރަށް ބޮޑަށް އިސްރާފްކުރާ ދެ ނިޢުމަތެވެ. އެއްވެސް ބޭނުމެއްނެތި، ބޮޑެތި އޮފީސްތަކާއި، ގެދޮރު ދިއްލާފައި ހުންނަނީ ކިތައް ގަޑިއިރު ހެއްޔެވެ؟ މީހަކު ނޫޅުނަސް އެއަރކޯން ޖައްސާފައި، ފަންކާތައް ޖަހާފައި ހުންނަނީ ކިތައް ފަހަރު ހެއްޔެވެ؟ ފެން ބޭނުން ކުރުމަށްފަހު އިސްކުރު ރަނގަޅަށް ބަންދު ނުކޮށް ދޫކޮށްލެވެނީ ކިތައް ފަހަރު ހެއްޔެވެ؟ ފެން މޯޓަރު ހަލާކުވެފައި ހުރުމުން ނުވަތަ ލީކުވާތީ އަބަދު ފެން ފައިބަފައިބާ ހުންނަނީ ކިތައް އިސްކުރުން ހެއްޔެވެ؟
ޚުޡުބާގައި ވިދާޅުވެފައިވެއެވެ.
ޚުތުބާގައި ގޮވާލައްވާފައިވަނީ މާތް ރަސްކަލާންގެ ދެއްވާފައިވާ ތަނަވަސްކަމުން އިސްރާފު ކުރުމުގެ ބަދަލުގައި ދީލަތި ވުމަށެވެ. އަދި ނިކަމެތީންނަށް ހެޔޮ ފޯރުވުމަށެވެ. މީގެ އިތުރުން ޚުތުބާގައި ބުނީ ހަމައެކަނި މާލޭ ސަރަހައްދުން ދުވާލެއްގެ މައްޗަށް މިހާރު ވެސް 2 ޓަނަށްވުރެ ގިނަ ކާބޯތަކެތި ކުނީގެ ގޮތުގައި އުކާލެވޭ ކަމަށާއި، ރޯދަމަހު މިއަދަދު މިއަށްވުރެ ވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މުދާ ހަލާކުވަންދެން ބަހައްޓައި އެތަކެތި އުކާލުމަކީ އިސްރާފު ކުރުމަށްވުރެ ވެސް ނުބައި ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
މިއަދު ފަސޭހައިން ލިބެން ހުންނަ ފެނާއި ކަރަންޓަކީ ވެސް އިސްރާފުކުރާ ދެ ނިއުމަތްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ފެނާއި ކަރަންޓާއި ކަރަންޓުން ހިންގާ އެހެނިހެން ތެކެތިން އިސްރާފުވައިރު، އޭގެ ސަބަބުން ފެނުގެ ބިލުތަކަށް އިތުރުވި ފައިސާއަކީ އިސްރާފެއް ކަމަށެވެ. އެއީ ބޭނުންތެރި އެހެން ކަމަކަށް ހަރަދު ކުރަން ހުރި ފައިސާ ކަމަށެވެ.
ޚުތުބާގައި ބުނީ އިސްރާފު ކުރުމަކީ ޝައިތާނާގެ އަމަލެއް ކަމަށާއި، އެއީ އެކަމުގެ ގެއްލުން ސިއްހީ ގޮތުންނާއި މާލީ ގޮތުން ފަރުދުންނާއި މުޖުތަމައަށް ފޯރާނެ ކަމެއް ކަމަށެވެ. އެހެންކަމުން އަހަރުމެންގެ އުމުރާއި ވަގުތު ވެސް ހެޔޮ ގޮތުގައި ހިފުމަށާއި، އެއްވެސް ގޮތަކަށް އިސްރާފުނުކުރުމަށް ޚުތުބާގައި ވަނީ ގޮވާލާފައެވެ.
ކޮމެންޓު ފޮނުވާ