ބަޔަކު ހިތްހަމަނުޖެހިގެން އުޅުނަސް އެމްޑީޕީ ފަޅި ނުކުރެވޭނެ: މޫސަ

ބަޔަކު ހިތްހަމަނުޖެހިގެން އުޅުނަސް އެމްޑީޕީ ފަޅި ނުކުރެވޭނެ: މޫސަ

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2023 03:15
0

ބަޔަކު ކިތަންމެ ހިތްހަމަ ނުޖެހިންގެ އުޅުނަސް އެމްޑީޕީ ފަޅި ނުކުރެވޭނެކަމަށް އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

2016 ވަނަ އަހަރު އެމްޑީޕީން ވަކި ކުރުމަށްފަހު މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި އެމްޑީޕީއާއި ގުޅުނު މޫސައަކީ ރައީސް ޞާލިހުގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެއްބޭފުޅާއެވެ. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ގޮތުން ވަރަށް ބޮޑަށް ޚިޔާލާތު ތަފާތުު މޫސައަކީ ރައީސް ޞާލިހާއި އެންމެ އަރިސް އެއްބޭފުޅާވެސް މެއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޞާލިހާއި ދެމެދު އޮތް ޚިޔާލް ތަފާތުވުންތަކާއިއެކު އެމްޑީޕީގެ ތެރޭގައި ދެފެކްޝަނެއް ދަނީ މަސައްކަތް ކުރަމުންނެވެ. ރައީސް ނަޝީދު ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރަކާތެއް ހިންގާއިރު، ރައީސް ޞާލިހު ގެންދަވަނީ އެމްޑީޕީގެ މެމްބަރުންނާއިއެކު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

މޫސަ ވިދާޅުވީ ބަޔަކު އެމްޑީޕީގެ ތެރޭގައި ކިތަންމެ ހިތްހަމަ ނުޖެހިގެން އުޅުނަސް އެމްޑީޕީގައި ބައިބައި ވުމެއް ނެތްކަމަށެވެ. އެމްޑީޕީ އޮތީ ވަރަށް އެއްބައިވަންްތަ ކަމާއިއެކުގައި ކަމަށާއި، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވެގެން މިދިޔަ 17 އަހަރުގައިވެސް ޕާޓީން މެމްބަރުން ވަކިކޮށް ހެދިކަމަށެވެ. ނަމަވެސް އެމްޑީޕީ މިހާރު ބައިބައިކޮށް ފަޅި ކޮށްލެވޭނެ ވަރުގެ ހިތްވަރެއް ނުހުންނާނެކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ ކުރިންވެސް އެމްޑީޕީއާ ހިތްހަމަ ނުޖެހިގެން މެމްބަރުން ވާހަކަދައްކާ، އަދި 17 އަހަރުތެރޭގަ ޕާޓީގެ ރައީސް ބޭނުންވެގެން މެމްބަރުން ބޭރުވެސްކުރި، މިހާރުވެސް ބަޔަކު ހިތްހަމަނުޖެހިގެން އުޅުނަސް MDP ބައިބައިވެގެންނޫޅޭ، ބަޔަކުއުޅެނީ އެގޮތަށްދައްކަން، MDP ފަޅިއެއް ނުކުރެވޭނެ.

– މޫސަ ވިދާޅުވިއެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ނަޝީދުގެ ވިސްނުން ހުންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުކުންނަވާ ނަމަ، އެމަނިކުފާނަށް ތާއީދު ކުރެއްވުމަށެވެ. އަދި ނަޝީދުގެ އަރިސް ބޭފުޅުން ވިދާޅުވާ ގޮތުގައި މިފަހަރު އޮތް ހަމައެކަނި ޗޮއިސަކީ ގާސިމެވެ. ނަޝީދު ވަނީ ރައީސް ސޯލިހާ އެކީގައި ސިޔާސީ މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ކ ކަރީމްބެ
ކޮސްގޮވިޔަސް އެމްޑީޕީއޮތީފަޅިވެފަ