ހެޔޮކަމެއް ކުރެވޭނީ އިޚުލާސްތެރި ނިތަޔެއް އޮވެގެން ކަމުގައި ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވެއްޖެއެވެ.
އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މީހަކު ކިތަންމެ ގިނަ މަސައްކަތެއް ކުރިކަމުގައި ވީނަމަވެސް، އެމީހަކަށް އެކަމުން އާޚިރަތުގައި ހެޔޮ ނަތީޖާއެއް ލިބިގެންދާނީ އޭނާ އިޚުލާސްތެރި ކަމާއިއެކު ކުރާ މަސައްކަތަކުން ކަމުގައެވެ. އަދި ހެޔޮ ކަމެެއް ކުރެވޭނީވެސް ތިމާގެ ނިޔަތް އެކަމަކަށް އިޚްލާސްތެރި ކަމާއިއެކު އޮވެގެން ކަމަށެވެ.
ކިތަންމެ ގިނަ މަސައްކަތެއް ކުރިޔަސް، އެކަމަކުން އާހިރަތުގައި ހެޔޮ ނަތީޖާއެއް ނިކުންނާނީ އިޚުލާސްތެރި ކަމާއިއެކު މަސައްކަތް ކުރެވިގެންނެވެ. ހެޔޮކަމެއް ކުރެވޭނީ އިޚުލާސްތެރި ނިތަޔެއް އޮވެގެންނެވެ.
– އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވިއެވެ.
އިމްރާން މިފަދަ ޓުވީޓެއް ކުރެއްވި ސަބަބެއް ނޭގުނު ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ރައީސް ޞާލިހާއިއެކު މަސައްކަތް ކުރެއްވުމަށް އިމްރާން ވަނީ ޤާސިމާއި ބައްދަލު ކުރައްވާފައެވެ. އެބައްދަލުވުމަށްފަހު އިމްރާން ވިދާޅުވީ ޤާސިމް ނިންމަވާނީ ޤައުމަށް އެންމެ ފައިދާހުރި ގޮތަކަމަށް ކަމުގައެވެ.
ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ނިންމާފައިވަނީ ވަކިން ވާދަކުރުމަށެވެ. މިނިންމުމާއިއެކު ގިނަ ބައެއްގެ ފާޑުކިޔުން އިމްރާނަށް އަމާޒުވިއެވެ. އަދި ޤައުމަށް ފައިދާހުރި ގޮތަށް ޤާސިމް ނިންމަވާފައިވާ ނިންމުމާއި އެއްގޮތަށް ިއމްރާނާއި އަދާލަތު ޕާޓީވެސް ޤާސިމްގެ ފަހަތަށް ވަޑައިގަތުމަށް ޖުމްހޫރީ ޕާޓީގެ އިސްބޭފުޅުންވެސް ވަނީ ދައުވަތު ދީފައެވެ.
ރައީސް ޞާލިހާއިއެކު ކޯލިޝަނެއްގެ ތެރެއިން މަސައްކަތް ކުރުމަށް މިހާތަނަށް ތާއީދުކުރީ އަދާލަތު ޕާޓީއާއި، ސަން ޝިޔާމްގެ އެމްޑީއޭއިންނެވެ.
2 Responses
ކިހާ އިޚުލާސްތެރިވީމަ ލާދީނީ ވެގެން އެވާހަކަ މުޅިޤައުމުގައި ގޮވަމަށްފަހުގައި ވަޒީފާ ލިބޭނެކަން ކަށަވަރު ވީމާ އެއްކަލަ ލާދީނީ ބައިގަނޑާއި އެކުވެގެން މިއުޅެނީ. އަދާލަތުޕާޓީގަ ގިނައީ ސިޔަރަތުގަ އޮންނަ ފަހުޒަމާނުގެ ފުޅަކާ ދަންނަބޭކަލުން. މިކަހަލަ މުނާފިގުންނާއިމެދު ސަމާލުވާންޖެހޭ.
އިޚުލާސްތެރިވުމަކީ ގައުމާއި ރައްޔިތުންގެ މަސްލަހަތު ވެއްޔާ މޮޑެލައި ފައިސާއާއި އަމިއްލަ އެދުމުގެ އަޅަކަށް ތިމާވުންތޯ