ރޯދަ އިނާޔަތް ބޮޑު ކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

ރޯދަ އިނާޔަތް ބޮޑު ކުރަން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި

Author
މުޙައްމަދު ޝަޒައިމް
15 މާރޗް 2023 11:03
0

ރޯދަ ދެމުންދާ އިނާޔަތް ބޮޑު ކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވަނީ ރޯދަމަހާ ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވެ، އަތް ނުފޯރާ ހިސާބަށް އުފުލޭ ކަމަށެވެ.

އެހެންވެ، ރޯދަ އިނާޔަތް ބޮޑު ކުރުމަށާއި ވަޒީފާއާ ބެހޭ ގާނޫނުގައި ރޯދަމަހުގެ އިނާޔަތާ ގުޅޭ ގޮތުން އޮންނަ ބައި އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށް އެ މައްސަލާގައި ވެއެވެ. ހުރިހާ ފަންނުތަކާއި މަސްވެރިންނާއި ދަނޑުވެރިންނަށް ވެސް ރޯދަ އިނާޔަތް ހަމަހަމަ ކަމާއެކީ ލިބޭނެ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް ޝިޔާމް ގޮވާލެެއްވިއެވެ.

އެހެންކަމުން ރަމަޟާން މަހުގެ އިނާޔަތް 3،000 ރުފިޔާ އަށްވުރެ ބޮޑުކޮށް ދިނުމަށާއި، ރަމަޟާން މަހުގެ އިނާޔަތް ދިނުމަށް މިހާރު އެކުލަވާލާފައިވާ ވަޒީފާއާއި ބެހޭ ގާނޫނު އަލުން މުރާޖައާކޮށް، ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނާއި މަސްވެރިންނާއި ދަނޑުވެރިންފަދަ ސިނާއަތްތަކުގެ މަސައްކަތްތެރިންނަށްވެސް ރޯދައިގެ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ގާއިމްކޮށް އެ ހުރިހާ ފަރާތްތަކަށް އިނާޔަތް ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް އެ މައްސަލައިގައި ޝިޔާމް ވިދާޅުވެފައި ވެއެވެ.

ޝިޔާމް ހުށަހެޅުއްވި މައްސަލަ ބަލައިގަންނަން ވޯޓު ދެއްވީ 15 މެމްބަރުންނެވެ. ނުފެންނަ ކަމަށް 27 މެމްބަރުން ވޯޓު ދެއްވިއެވެ. އެހެންވެ އެ މައްސަލަ ބަލައިގަނެ ބަހުސް ކުރަން ފާހެއް ނުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބޭބެ
ބޭބެ މިބުނަނީ ޗި އިސިޔާމް ޗެއި އުޅެނީ މުޅިންވެސް ފިތުނަ އުފައްދާށޭ! ވަގުން އުޅޭނީ ކަންކަންމަތި ޖަހަން