"އެއުޅެނީ ނަޝީދަށް ވެރިކަން ނުލިބިއްޖެނަމަ އެމްޑީޕީގެ ވެރިކަން ގެއްލުވާލަން"

"އެއުޅެނީ ނަޝީދަށް ވެރިކަން ނުލިބިއްޖެނަމަ އެމްޑީޕީގެ ވެރިކަން ގެއްލުވާލަން"

Author
ޢަލީ އާދަމް
15 މާރޗް 2023 09:16
0

މިހާރު ދެބައިވެފައިވާ އެމްޑީޕީގެ ނަޝީދު ފެކްޝަންސް "ފިކުރެއްގެ ދިރުން" ވަނީ ޕީޕީއެމްގެ ތެރެއިން އެމްއާރުއެމް ވަކިވިގޮތަށް، އަދި ޑީއާރުޕީގެ ތެރެއިން ޒެޑް ފެކްޝަން ވަކިވިގޮތަށް އެމްޑީޕީން ވަކިވާން ތައްޔރުވެފައި ކަމަށާ، ނަޝީދަށް ވެރިކަން ނުލިބޭނަމަ އެމްޑީޕީގެ ވެރިކަން ގެއްލުވާލުމަކީ އެ ފެކްޝަންގެ އަމާޒުކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ނަޝީދު ފެކްޝަނާމެދު ސަމާލުވުމަށް އެމްޑީޕީގެ ޢާންމު މެމްބަރުންނަށް ގޮވާލައްވައިފިއެވެ.

މަވޯޓާއަކީ ނަޝީދު ފެކްޝަނަށް އެންމެބޮޑަށް ފާޑުވިދާޅުވާ އެއް މެމްބަރެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައިވެސް އޭނާ ޢާންމުގޮތެއްގައި ނަޝީދާއި އެފެކްޝަނުގެ މެމްބަރުންނަށް ބަބުގެ ޙަމަލާތައް ދެއްވައެވެ.

ނަޝީދު ފެކްޝަނުން އަންނަނީ ނުރަސްމީކޮށް ޤާސިމް އިބްރާހީމާއެކު ޖުމްހޫރީ ޕާޓީއާ ގުޅިގެން މަސައްކަތްކުރަމުންނެވެ. ނަޝީދު ފެކްޝަނުގެ ވަރަށްގިނަ ބޭފުޅުން، އަންނަ ރިޔާސީ އިންތިޚާބުގައި ޤާސިމް ވަކިން ވާދަކުރައްވަން ތާޢީދުކޮށް ސޯޝަލް މީޑިއާގައި ޝުޢޫރު ފާޅުކުރަމުން ދެއެއެވެ. އަދި އެފެކްޝަނުން އަންނަނީ ރައީސް ޞާލިޙަށް ތާޢީދުނުކުރާނެކަން ހާމަކުރަމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ނަޝީދު ފެކްޝަނާއި ޖުމްހޫރީ ޕާޓީން ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުގައި އެކުގައި މަސައްކަތް ކުރަން ތައްޔާރުވަމުންދާކަމުގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.