އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ މާދަމާ އިން އިން ފެށިގެން ރަމަޟާން މަހުގެ ރޭތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު މުދާ ވިއްކާ ތަންތަން ބަންދުކުރަންޖެހޭ ގަޑިތައް އާއްމުކޮށްފައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5:30 އިން މެންދަމު 1:00އަށް ކަމަށެވެ.
މީގެއިތުރުން ރޯދަމަހު ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަން ހުޅުވައިގެން ޚިދުމަތް ދެވޭނީ ހަވީރު 5:30އިން ފެށިގެން މެންދަމު 3:00އާ ހަމައަށް ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އަދި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން ހުޅުވައި ޚިދުމަތް ދެވޭނީ ފަތިހު 4:30އިން ފެށިގެން މެންދަމު 3:00އާ ހަމައަށް ކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ޚިދުމަތް ދިނުމަށް އިލްތިމާސްކޮށްފައެވެ.