ރާއީ؛ މަވޯޓާއަށް: ތިއީ ވެރިކަމުގެ ފަހުކޮޅު ދައްކާ ވާހަކައާއި، ހުންނަ ތަންވެސް ބަދަލުވާ މީހެއް

ރާއީ؛ މަވޯޓާއަށް: ތިއީ ވެރިކަމުގެ ފަހުކޮޅު ދައްކާ ވާހަކައާއި، ހުންނަ ތަންވެސް ބަދަލުވާ މީހެއް

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ޝަރީފަކީ ކޮންމެ ވެރިކަމެއްގެވެސް ދައްކަވާ ވާހަކައިގެ ރާގު ބަދަލުވެ ހުންނަތަންވެސް ބަދަލުވާ މީހެއް ކަމުގައި މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސި އިންޔިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސާލީހާ ވާދަކޮށްލެވޭވަރުގެ ބޭފުޅަކަށް ހުންނެވީ ރައީސް ޔާމީން އެކަނިކަމަށް ޝަރީފް ވިދާޅުވެ ކުރެއްވި ޓުވީޓާއި ގުޅިގެންނެވެ.

ޝަރީފްގެ ޓުވީޓުގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސާލީހާ ވާދަކޮށްލެވޭވަރުގެ ބޭފުޅަކަށް ހުންނެވީ ރައީސް ޔާމީން އެކަނިކަމަށެވެ. އަދި ރައީސް ޔާމީނަށް އިއްވަވާފަޢިވާ ޖަލު ހުކުމުގެ ސަބަބުން އެމަނިފާނަށް ވާދަނުކުރެއްވޭއިރު ރައީސް ސާލިހު ފަސޭހަކަމާއެކު އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފްގެ ވާހަތަކާއި ގުޅިގެން ރާއީ ވިދާޅުވީ ޝަރީފަކީ ސިޔާސީ ގޮތުން އަބަދުވެސް ކޮންމެ ވެރިކަމެއްގެ ފަހުކޮޅު އެކި ގޮތްގޮތަށް ވިސްނުން ބަދަލުވާ މީހެއް ކަމަށެވެ. އޭނާ ވިދާޅުވީ އެމްޑީޕީގެ ކެނޑިޑޭޓާއި އަޅާ ކިޔޭ ވަރުގެ މީހެއް އިދިކޮޅުގައި ނެތްކަމަށެވެ. އަދި ރައީސް ޔާމީން މިނިވަންކޮށް ހުންނެވި ނަމަވެސް އެމްޑީޕީގެ ކެނޑިޑޭޓާއި ވާދަ ކޮށްލެވޭ ވަރުގެ ގާބިލްކަމެއް ނުހުންނާނެކަމަށް ވިދާޅުވިއެވެ.

ޝަރީފް މާނަ ތިކުރައްވަނީ ކިހިނެއްތޯއެވެ. ރައީސް ޔާމީން މިނިވަންކޮށްހުރި ކަމުގައި ވިޔަސް MDP 2023 ކެނޑިޑޭޓާއި އަޅާ ނުކިޔޭނެެެއެވެ. މަނިކުފާނަކީ ކޮންމެ ވެރިކަމެއްވެސް ފަހުކޮޅު ދައްކަވާ ވާހަކަފުޅު ތަކުގެ ރާގާއި ހުންނަވާ ތަންވެސް ބަދަލުވާ ބޭފުޅެއްކަން ތާރީޙް ހެކިދެއެވެ.

– ރާއީ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހެވެ. އިދިކޮޅުން ރައީސް ޔާމީން ވާދަކުރައްވަން ނިންމައި ޓިކެޓް ހަވާލުކޮށްފައި ވީނަމަވެސް ރައީސް ޔާމީނަށް އިއްވާފައިވާ ޖަލުހުކުމާއި ގުޅިގެން އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

ރިިޔާސީ އިންތިޚާބާއި ކުރިމަތިލާއިރު އެމްޑީޕީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ނަޝީދު އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދު ނުކުރުމެވެ. ރައީސް ނަޝީދު ގެންދަވަނީ ފިކުރެއްގެ ދިރުމުގެ ނަމުގައި ހަރަކާތެއް ހިންގަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *