މިދިޔަ ހޮނިހިރު ދުވަހު މުމްބާއީގައި ބޭއްވި ލެކްމޭ ފެޝަން ވީކްގެ ތިން ވަނަ ދުވަހު ފެޝަން ޑިޒައިނަރު ޝާހީން މަންނާންގެ ޝޯ ޓޮޕާގެ ގޮތުގައި ޒީނަތް އަމާން ރޭމްޕުގައި ހިނގާ އެންމެން ހައިރާންކޮށްލައިފަ އެވެ.
މޮޑެލްއެއްގެ ގޮތުގައި ކެރިއަރު ފެށި ޒީނަތު އަމާން އުމުރުން 71 އަހަރުގައި އެނބުރި ރޭމްޕަށް ނުކުތްއިރު ގިންބަޔަކު ތިބީ ބަތަލާއާ މެދު ހައިރާންވެފަ އެވެ. އޭނާގެ ނުރަބޮލާއި އެކުގައި ޝާހީން މަންނާންގެ ކަލެކްޝަން "ސާކަލް ފޯލް ވިންޓާ 2023″ ލޯންޗުކުރި އިރު، ޒީނަތު އަމާން ޝޯގެ އޯޕަނަރަކަށް ވީ އިރު، އެނާ ހުރީ ރަތާއި ކަޅު ކުލައިގެ ހެދުން އަޅައިގެންނެވެ.
ލެކްމޭ ފެޝަން ވީކްގެ އޮފިޝަލް އިންސްޓަގްރާމް ހޭންޑަލް އިން ހިއްސާކުރި ވީޑިއޯއަކުން ފެންނަ ގޮތުގައި ޒީނަތު އަމާން ރޭމްޕުގައި ހިނގާފައި ދާއިރު ބެލުންތެރިން ވަނީ ޒީނަތު އަމާންއަށް ޓަކައި އަޑުގަދަކޮށް އުފާފާޅުކޮށްފަ އެވެ.
ކަޅުކުލައިގެ ގަމީހަކާއި ރަތް ކުލައިގެ ޕްރިންޓެޑް ޝްރަގާއި ކަޅު ކުލައިގެ ޕެންޓެއް ލައިގެން ހުރި ތްރީ ޕީސް އައުޓްފިޓް ގައި ރަތް ކުލައިގެ ކޮލަރެއް އަޅާފައި ހުއްޓެވެ. މެޗިން ބޫޓާއި ކަޅު ކުލައިގެ ސަންގްލާސް އަޅައިގެން ރިހި ކުލައިގެ އިސްތަށިގަނޑު ވަރަށް ހިތްގައިމެވެ.
ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ރީތި ބަތަލާ 71 އަހަރުގައިވެސް ފެނިގެން ދަނީ ވަރަށް ޒުވާން ކޮށެވެ. ޒީނަތް ބޮލީވުޑްއަށް ތައާރަފްވީ 1971 ގެ ފިލްްމް " ހަލްޗަލް" އިންނެވެ.
ކޮމެންޓު ފޮނުވާ