ބޮލީވުޑްގެ ކުރީގެ އެކްޓަރު ސުނިލް ޝެޓީ ގެ ކުރިއަށް އޮތް ވެބް ސީރީޒް ހަންޓާގެ އޮފިޝަލް ޓީޒާ އެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
މި ވެބް ސީރީޒްގައި ސުނިލް ފެނިގެންދަނީ ގެއްލުނު އަންހެނަކު ހޯދުމުގެ މަސައްކަތުގައި އުޅޭ ފުލުހެއްގެ ރޯލުންނެވެ. ޓިޒާގައިވެސް ބޮޑަށް އަލި އަޅުވައިފައިވަނީ މި ބަޔަށެވެ. އޭސީޕީ ވިކްރަމް ސިންހަ ކިޔާ ކެރެކްޓާއަކުން އޭނަ ފެނިގެންދާއިރުގައި މީ ބެލުންތެރިނަށް ކަމުދާނެ އެއްޗަކަށް ވާނެ ކަމަށް ބެލެވއެވެ.
ޓީޒާއިން ސީރީޒްގެ މާބޮޑު ތަފްސީލެއް ނުލިބުނު ނަމަވެސް، މި ވެބް ސީރީޒް އިން ފެނިގެންދާނެ މައިގަނޑު ކާސްޓު ކަހަލަ ގޮތަކަށް ދައްކައިފައިއެވެ. އެގޮތުން ސުނިލް ފަދައިން ކުރިން ފިލްމް ތަކުން ފެނިގެންދިއަ ނަމަވެސް މާބޮޑު މަގުބޫލު ކަމެއް ނުލިބުން ބަތަލާ އިޝާ ޑިއޯލް ވެސް މި ވެބްސީރިޒް އިން ފެނިގެންދާނެއެއެވެ. އީޝާ އަކީ ކުރީގެ ވަރަށް މަޝްހޫރު ދެ ފިލްމްސްޓާރުން ކަމުގައިވާ ދަރުމެންދުރާ އާއި ހެމާ މާލިނީގެ ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާއެވެ.
މި ވެބްސީރީޒްގެ އިތުރު ކާސްޓުންގެ ތެރޭގައި މިހިރު އަހޫޖާ، ޓީނާ ސިންގް، ޗަހަތު ތޭޖްވާނީ، ކަރަންވީރް ޝަރުމާ، ސިދާތު ކޭރް، ގަރްގީ ސާވަންތު، ޕަވަން ޗޯޕްޅާ އާއި ރާހުލް ދޭވް އަދި ބަރްކާ ބިޝްތު ހިމެނެ އެވެ.
ޔޫޑްލީ ފިލްމްސް އިން ޕްރޮޑިއުސްކޮށް ޕްރިންސް ދީމާން އެންޑް އަލޯކް ބަޓްރާ ޑައިރެކްޓްކޮށްފައިވާ 8 އެޕިސޯޑުގެ މި ސީރީޒް ޕްރިމިއާ ކުރަން ހަމަޖެހިފައިވަނީ މި މަހުގެ 22 ވަނަ ދުވަހު އެވެ.