ރާމް އަށް ހޮލީވުޑް ފިލްމެއް

ރާމް އަށް ހޮލީވުޑް ފިލްމެއް

ސައުތު ފިލްމް އިންޑަސްޓްރީގެ އެންމެ ވަރުގަދަ އެއް އެކްޓަރު ކަމުގައިވާ ރާމް ޗަރަން އަށް ހޮލީވުޑްގެ ފިލްްމު އަކުން ފުރުސަތު ލިބިފަިއވާ ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

މި އަހަރު ފެށީގެން ދިއައީ ބޭރު ގައުމު ތަކަށް ހިންދީ ސިނަމާގެ ވަރުގަދަކަން ދައްކައިލަމުންނެވެ. އެގޮތުން ފިލްމް "އާރްއާރްއާރް" ވަނީ އިންޓަނޭޝަނަލް އެންމެ ވަރުގަދަ ދެ އެވޯޑް ހާސިލް ކޮށްފައިއެވެ. މިފިލްމް ގެ "ނާޗޫ ނާޗޫ" ލަވަ ވަނީ  ގޯލްޑެން ގްލޯބްސް އާއި އައިފާ އެވޯޑް އުފުލައިލައި މުޅި އިންޑިއާ ފަހުރުވެރި ކޮށްދީފައިއެވެ.

މި ފިލްމް އަކީ ސައުތުގެ މަޝްހޫރު ބޮލޮކް ބަސްޓާ ފިލްމް ތަކެއް ގެނެސްދިން މަޝްހޫރު ޑައިރެކްޓަރު އެސް އެސް ރާޖަ މޯލީ ޑައިރެކްޓް ކޮށްފައިވާ ފިލްމް އެކެވެ. ފިލްމްގެ ލީޑުން ރާމް ޗަރަން އާއި އެންޓީ ޖޫނިއާ ފެނިގެންގޮސްފައި ވާއިރުގައި ބޮލީވުޑްގެ ބަތަަލާ އާލިއާ ބަޓް ވެސް ވަނީ ފެނިގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Ram Charan (@alwaysramcharan)

ހޮލީވުޑް ފިލްމް އާއި ބެހޭ ގޮތުން ރާމް ވަނި "ޓޯކް އީޒީ ވިތު ސޭމް ފްރެގޯސޯ" އަށް ދިން އިންޓަވިއުއެއްގައި ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވާކަން ކަށަވަރުކޮށް ދީފަ އެވެ. އެކަމަކު އެކަމާ ގުޅޭ މަޝްވަރާތަކެއް އަދި ކުރިއަށްދާތީ އިތުރު ތަފުސީލަކަށް ނުގޮސް ޗަރަން ބުނީ މާ ލަސްތަކެއް ނުވެ ފިލްމު އިއުލާން ވެސް ކުރާނެ ކަމަށެވެ.

37 އަހަރުގެ ކުޅަދާނަ އެކްޓަރު ގެ ހޮލީވުޑް އާއި ބެހޭގޮތުން އެއްވެސް ތަފްސީލެއް މިހާތަނަށް އަދި ހާމަކޮށްފައިއެއް ނުވެއެވެ. މީ ސައުތުގެ ތަރިންނަށް ވެސް ބޭރުގެ ފިލްމް ތަކުގައި މަސައްކަތް ކުރުމުގެ ދޮރަކަށް ވެގެންދާނެ ކަމާއި މެދުގައި ޝައްކެއް ނެއްކަމަށް ފެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *