އަކްޝޭ ކުމާރަކީ ކޮންމެ އަހަރަކު ވެސް އެންމެ ގިން އަދަދެއްގެ ފިލްމް ކުޅޭ އެއް އެކްޓަރެވެ. އެގޮތުން ނިމިދިއަ 2022 ވަނަ އަހަރުވެސް ވަނީ އަކްޝޭޣެ ފަސް ފިލްމް އެއް ރިލީޒް ކޮށްފައިއެވެ. އަދި ހަމަ އެއާއި އެކުގައި މިއަހަރު ވަނީ އަކްޝޭގެ ފުރަތަމަ ފިލްމް ރިލީޒް ކޮށްފައިއެވެ.
ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ އެއްޗެއް ކަމަށެވެ. އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހާއްސަކޮށްގެން ހަދަން ނިންމާފައިވާ މި އޭރިއަލް އެލްޝަން ޑްރާމާއިން ފެނިގެން ދާނީ އަކްޝޭ ކަމަށް ރިޕޯޓްތަށް ބުނެއެވެ. ނަމަވެސް ފިލްމް ގެ ޝޫޓިން އަދި ފަށާނެ ދުވަހެއް ނޭގެއެވެ. އަކްޝޭ މިހާރުވެސް މަސައްކަތް ކުރަމުން އަންނަނީ ވަރަށް ބިޒީ ޝެޑިއުލް އެއްގައިއެވެ.
އެގޮތުން އޭނާ އަންނަނީ "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ ޝޫޓީން ކުރަމުންނެވެ. ފިލްްމ އެޕްރިލް ގައި ނިމުމާއި އެކުގައި އަކްޝޭ ފަށާނީ "ކޭލް ކޭލް މޭ" ކިޔާ ފިލްމް އެއްގެ މަސައްކަތެވެ. އަދި ހަމަ އެއާއި އެކުގައި އޭނާގެ ބައެއް ފިލްމް ތަކުގެ ޕްރޮމޯޝަން ތަށް ވެސް ކުރިއަށް ގެންދާނެއެވެ.
55 އަހަރުގެ އެކްޓަރު އާއި އެކުގައި މި ފިލްމް އިން ފެނިގެންދާނީ އަލަށް ތައާރަފް ވާ ބަތަލާއެއް ކަމަށްވެއެވެ. މީ އަކްޝޭ މެޑޮކް ކުޅޭ ފުރަތަމަ ފިލްމްއެވެ. މި ފިލްމްގެ ޑައިރެކްޓަރަކީ ކާކު ކަމެއް ދި ފިލްމް އާއި ބެހޭ އިތުރު ތަފްސީލެއް ވެސް ހާމަކޮށްފައިއެއް ނުވެއެވެ.
2022 ވަނަ އަހަރުގައި އަކްޝޭގެ ރިލީޒް ކުރި ފަސް ފިލްމް އަކީ "ބަޗަން ޕާންޑޭ" " ސަމްރާޓް ޕްރިތްވީރާޖް" "ރަކްޝާ ބަންދަން" ކަޓްޕުތްލީ" އަދި ރާމް ސެތޫ" އެވެ. މި ފަސް ފިލްމް އަކީ ވެސް ތަފާޓު ޖޯންރާ ތަކުގެ ފިލްމްއެވެ. ނަމަވެސް މިގެން އެއްވެސް ފިލްމް އަކީ ބޮކްސް އޮފީހުގައި ހިނގި ފިލްމްއެއް ނޫނެވެ.
ހަމަ އެއާއި އެކުގައި ކުރިއަށް އޮތް 2023 ގައި ވެސް އަކްޝޭގެ ގިނަ ފިލްމް ތަކެއް ރިލީޒް ކުރުމަށް ވަނީ ތާވަލް ކޮށްފައިއެވެ. އެގޮތުން މިއަހަރުގެ އަކްޝޭގެ ފުރަތަމަ ފިލްމް "ސެލްފީ" ރިލީޒް ކޮށްފައިވަނީ މިދިއަ މަހުގެ 24 ވަނަ ދުވަހުގައިއެވެ. އަކްޝޭގެ މި އަަހަރު ރިލީޒް ކުރުމަށް ތާވަލް ކޮށްފައިވާ އިތުރު ފިލްމް ތަކުގެ ތެރޭގައި "އޯއެމްޖީ-2″ "ބަޅޭ މިޔާ ޗޯޓީ މިޔާ" "ކެޕްސޫލް ގިލް" މީގެ އިތުރުން "ސޫރަރީ ޕްޓްރޫ" ގެ ރިމޭކް އާއި އަދި ހަމަ ސައުތުގެ އިތުރު ފިލްމް އެއްގެ ރިމޭކްވެސް ފާހަގަ ކޮށްލެވެއެވެ.