"ބަޅޭ މިޔާ ޗޯޓޭ މިޔާ" އަށް ފަހު އަކްޝޭ ފަށާނީ "ކޭލް ކޭލް މޭ"

"ބަޅޭ މިޔާ ޗޯޓޭ މިޔާ" އަށް ފަހު އަކްޝޭ ފަށާނީ "ކޭލް ކޭލް މޭ"

Author
ފާތިމަތު ނާވީ
11 މާރޗް 2023 06:47
0

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު މިހާރު ކުރިއަށް ގެންދާ ފިލްމް "ބަޅޭ މިޔާ ޗޯޓޭ މިޔާ" ގެ މަސައްކަތަށް ފަހު އޭނާ ފަށާނީ ފިލްމް "ކޭލް ކޭލް މޭ" ގެ ޝޫޓިން ކަމަށް ހަބަރުތަށް ބުނެފިއެވެ.

އަބަދުވެސް ވަގުތަށް މަސައްކަތް ނިންމާ ތަރިއެއް ގެ ގޮތުގައި މަޝްހޫރު އަކްޝޭގެ "ބަޅޭ މިޔާ ޗޯޓޭ މިޔާ" އަންނަ އޭޕްރީލް މަހުގެ ފުރަތަމަ ކޮޅު ނިންމާލާނެއެވެ. އެ ފިލްމް ގައި އަކްޝޭ ފެނިގެން ދާނީ ޓައިގާ ޝްރޮފް އާއި އެކުގައިއެވެ. މީ މިދެމީހުން އެކުގައި މަސައްކަތް ކުރާ ފުރަތަމަ ފިލްމްއެވެ.

އެޕްރިލްގައި ޝޫޓީން ނިންމާލުމަށްފަހު އޭނާ ފަށާނީ މުދައްސިރް އަޒީޒްގެ ކޮމެޑީ ފިލްމު "ކޭލް ކޭލް މޭ" ގެ މަސައްކަތެވެ. މީގެ ކާސްޓްގައި ތާޕްސީ ޕައްނޫ އާއި ވާނީ ކަޕޫރާއި މަދުމަދުން ހިންދީ ފިލްމުތަކުން ވެސް ފެންނަ ޕަންޖާބީ އެކްޓަރު/ލަވަކިޔުންތެރިޔާ އައްމީ ވާކް ވެސް ހިމެނެ އެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

ޓީ ސީރީޒުން ޕްރޮޑިއުސްކުރާ "ކޭކް ކޭލް މޭ" ގެ ޝޫޓިން އެޕްރިލް މަހުގެ ކުރީކޮޅުގައި ފަށާއިރުގައި މި ފިލްމު ވާނީ މުދައްސަރާ އެކީ އަކްޝޭ މަސައްކަތްކުރާ ފުރަތަމަ ފިލްމަށެވެ.

ވާނީ އާއި ތާޕްސީއާ އެކީ އަކްޝޭ މީގެ ކުރިން ވަނީ މަސައްކަތްކޮށްފައިވެ އެވެ. ވާނީ އާއި އެކުގައި އަކްޝޭ ފެނިގެންދިއަ ފިލްމް އަކީ މިދިޔަ އަހަރު ރިލީޒްކުރި "ބެލް ބޮޓަމް" އެވެ. އަދި އަކްޝޭ އާއި ތާޕްސީ މަސައްކަތްކޮށްފައިވާ ފިލްމުތަކަކީ "ބޭބީ" އާއި އޭގެ ފޮލޯއަޕް "ނާމް ޝަބާނާ" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.