ބޮލީވުޑްގައި މި ވަގުތު ތިބި ތަރިންގެ ތެރެއިން އެކުގައި މަސައްކަތް ކޮށްލަން އެންމެ ބޭނުންވާ ބަތަލާ އަކީ ކްރިތީ ސެނަން ކަމަށް މަޝްހޫރު އެކްޓަރު ރަންބީރް ކަޕޫރް ބުނެފި އެވެ.
މީީޑިއާ އާއި ވާހަކަ ދައްކަމުން ރަންބީރު ބުނީ ކްރިތީ އަކީ ވަރަށް ހުނަރުވެރި ބަތަލާއެއްގެ އިތުރުން އެހާމެ ރީތި ވެސް ބަތަލާއެއް ކަމަށާއި އަދި ކްރިތީ އާއި އެކުގައި މަސައްކަތް ކޮށްލަން ވަރަށް ބޭނުން ވާކަމަށެވެ.
އަދި ހަމަ އެއާއި އެކުގައި ކުރިއަށް އޮތް ތަނުގައި ކްރިތީ އާއި އެކުގައި މަސައްކަތް ކޮށްލާނެ ފުރުސަތަކަށް ބަލަަބަލާ ހުރި ކަމަށް ވެސް އޭނާ ވަނީ ބުނެފައިއެވެ. ރަންބީރު ގެ އެންމެ ފަހު ފިލްމް "ތޫ ޖޫޓީ މޭ މައްކާރް" މިހާރު ސިނަމާގައި އޮތް އިރުގައި އެ ފިލްމް އަށް ބެލުންތެރންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައިއެވެ. މި ފިލްމް ގައި ރަންބީރު އާއި އެކުގައި ފެނިގެން ދަނީ ޝްރައްދާ ކަޕުރުއެވެ. މީ މި ދެތަރިން އެކުގައި ފެނިގެން ދިއަ ފުރަތަމަ ފިލްމް އެވެ.
އެންމެ ފަހުން ބޭއްވި ފިލްމުފެއާ އެވޯޑްސްގައި ފިލްމު "މިމީ" ގައި ކުޅުނު ރޯލަށް މޮޅު ބަތަލާގެ އެވޯޑް ވެސް ލިބުނު ކްރިތީ، 32، އަކީ ބޮލީވުޑްގައި ވަރަށް ޑިމާންޑް ބޮޑު ބަތަލާއެކެވެ.
މިދިޔަ މަހުގެ 17 ގައި ރިލީޒްކުރި "ޝެހެޒާދާ" އިން ފެނިގެން ދިއަ ބަތަލާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ކުރިއަށް އޮތް ޖޫން 16 އަށް ތާވަލުކޮށްފައި އޮތް "އާދިޕުރުޝް"އިންނެވެ. އެ ފިލްމް ގައި ކްރިތީ ފެނިގެންދާނީ ސައުތުގެ މަޝްހޫރު އެކްޓަރު ޕްރަބާސް އަދި ސައިފް އަލީ ހާން އާއި އެކުގައިއެވެ.
ކޮމެންޓު ފޮނުވާ