ބާޒާރުގަ ތަކެތި ހުސްވިޔަ ނުދިނުމަށް އެސްޓީއޯއިން ރޯދައަށް 6 ޝިޕްމަންޓެއް ގެނައުމަށް ވަނީ ހަމަޖެހިފަ: ސަރުކާރު

ބާޒާރުގަ ތަކެތި ހުސްވިޔަ ނުދިނުމަށް އެސްޓީއޯއިން ރޯދައަށް 6 ޝިޕްމަންޓެއް ގެނައުމަށް ވަނީ ހަމަޖެހިފަ: ސަރުކާރު

Author
ހުސެއިން
09 މާރޗް 2023 02:20
0

ކުރިޔަށް އޮތް ރޯދަމަހާއި ދިމާކޮށް، ބާޒާރުގައި ތަކެތި ހުސްވިތަ ނުދިނުމަށްޓަކާ، އެސްޓިއޯއިން ކާބޯތެކެތީގެ 6 ޝިޕްމަންޓެއް ގެނައުމަށް ހަމަޖެހިފައިވާ ކަމުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފާހަގަ ދައްކަވަމުން މިއުވާން ވިދާޅުވީ މީގެ ތެރޭގައި ފިޔާ އަލުވި ބިސްފަދަ އާންމު ގޮތެއްގައި ރޯދަމަހު އެންމެ ގިނައިން ބޭނުންކުރެވޭ ބާވަތްތައް ހިމެނޭނެކަމުގައެވެ.

އަދި މީގެ ބޭނުމަކީ ސަޕްލައި ހުއްޓުމެއް ނެތި ދެމެހެއްޓޭނެކަން ކަށަވަރު ކުރުން ކަމުގައި ވިދާޅުވަމުން މިއުވާން ވިދާޅުވީ މީގެތެރޭގައި ހިމެނޭ ފުރަތަމަ ޝިޕްމަންޓް ފެބްރުއަރީމަހުގެ 27ވަނަ ދުވަހު ރާއްޖެ ގެނެވިފައިވާކަމުގައެވެ. އަދި މި ޝިޕްމަންޓުގައި ހިމެނޭ ބައެއް ތަކެތި މިހާރުވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ހޯލްސޭލް ސެންޓަރުން ވިއްކަން ފަށާފައިވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެސްޓީއޯއިން ހޯލްސޭލްކޮށް ދޫކުރާ މުދާ ދޫކުރުންވެސް ކުރިޔަށް ދާނީ ވަރަށްބޮޑަށް ރޭވިގެން ކަމަށާއި، އަދި އެސްޓީއޯގެ މުދާ ފަސޭހައިން ހުޅުމާލޭ ދެވަނަ ފޭސްގައި ދިރިއުޅޭ ފަރާތްތަކަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކާ ގާއިމްކުރެވޭ އިމާރާތުގެ މަސައްކަތައްވެސް ކުރިޔަށް ދާކަމުގައެވެ.

އޭގެ އިތުރުން އެސްޓީއޯއިން ސެކަންޑް ފޭސްގައި ގާއިމްކުރާ ފިހާރަ ހުޅުވުމުން އެސްޓީއޯއިން ފޯރުކޮށްދޭ ތަކެތި ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެކަމުގައި މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވިއެވެ.

ރޯދަމަހާއި ދިމާކޮށް ބާޒާރުގައި ކާބޯތަކެތީގެ އަގު އުފުލެމުންދާ ދިއުމުގެ ކަންބޮޑުވުން ގިނަބަޔަކު ދަނީ ފާހަގަ ކުރަމުންނެވެ. އެހެންނަމަވެސް ރޯދަމަހާއި ދިމާކޮށް ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށް އެސްޓިއޯއިން ކާބޯތަކެތީގެ އަސާސީ ތަކެތި ރާއްޖެ ގެނެސް ބާޒާރުގައި އަގުހެޔޮކޮށް ވިއްކަމުން ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.