ކަރަންގެ ލޯބީގެ ފިލްމްއެއް ސިދާތާއި ކިއަރާ އަށް

ކަރަންގެ ލޯބީގެ ފިލްމްއެއް ސިދާތާއި ކިއަރާ އަށް

Author
ފާތިމަތު ނާވީ
11 މާރޗް 2023 02:49
0

މިދިއަ މަހުގެ 7 ވަނަ ދުވަހުގައި އަލަތު ކަިއވެނި ކުރި ބޮލީވުޑްގެ ދެ ތަރިން ކަމުގައިވާ ސިދާތް މަލޯތުރާ އާއި ކިއާރާ އަދުވާނީ އަށް ލޯބީގެ ފިލްމް އެއް ލިބިއްޖެއެވެ.

މި ފިލްމް އަކީ ބޮލީވުޑްގެ ނުފޫޒު ގަދަ ޑައިރެކްޓަރު/ ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފިލްމްއެކެވެ. މީގެ ކުރިން އެމީހުން ކައިވެންޏާއި ދިމާކޮށް ކަރަންގެ ފަރާތުން މި ދެމަފިރިންނަށް ތިން ފިލްމް އެއް ހުށައަޅައިފައިވާ ކަމުގެ އަޑުތަކެއް ވަނީ ގަދަވެފައިއެވެ. ބެލެވޭ ގޮތުގައި މިއީ މީގެ ތެރެއިން އެއް ފިލްމް އަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

 

View this post on Instagram

 

A post shared by KIARA (@kiaraaliaadvani)

މިއީ ދަރްމާ ޕްރޮޑަކްޝަންގެ ބެނާގެ ދަށުން ކަރަން ޕްރޮޑިއުސްކުރާ ވަރަށް ތަފާތު ލޯބީގެ ވާހަކަ އަކަށް އުފައްދާ ފިލްމެއް ކަމަށްވެއެވެ. އަދި މި ފިލްމް ވަރަށް އަވަހަށް އިއުލާން ކުރާނެ ކަމަށްވެސް ވެއެވެ. ނަމަވެސް އަދި ފިލްމް އާއި ބެހޭ ގޮތުން އެއް ވެސް މައުލޫމާތެއް ހާމަކޮށްފައިއެއް ނުވެއެވެ.

ސިދާތް އާއި ކިއާރާގެ ލޯބީގެ ފެށުމުގައި ވެސް ކަރަންގެ އަތެއްވެއެވެ. އެމީހުން ލޯބީގެ ގޮތުން ގުޅުނީ އެކުގައި ކުޅުނު ފުރތަމަ ފިލްމް "ޝޭރްޝާހް" ގެ ޝޫޓިންގެ ތެރެއިންނެވެ. 2020 ވަނަ އަހަރު އުފެދުން މިދެމީހުންގެ ލޯބި ކައިވެންޏަކަށް މިހާރު ބަދަލުވެފައިވާއިރުގައި އެމީހުންގެ އަލަތު ފިލްމް ވެގެން ގޮސްފައިވަނި ބޮކްސްއޮފީހުގައި ވަރަށް ކާމިޔާބު ފިލްމް އަކަށެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.