އައްލު އަރުޖުން ގެ އައު ފިލްމް އަކީ "ބަދްރަކަލީ"

އައްލު އަރުޖުން ގެ އައު ފިލްމް އަކީ "ބަދްރަކަލީ"

Author
ފާތިމަތު ނާވީ
11 މާރޗް 2023 05:32
0

އިންޑިއާގެ ތިން ޕަވާހައުސް ކަމަށްވާ ޕްރޮޑިއުސަރު ބުޝަން ކުމާރާއި ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ އަދި އިންޑިއާގެ ސުޕަސްޓާ އައްލޫ އަރުޖުން އެކުގައި ޕްރޮޖެކްޓެއްގެ މަސައްކަތް ފަށައިފިއެވެ.

ޕުޝްޕާ އިން މުޅި ދުނިޔެއަށް މަޝްހޫރު ވެފައިވާ އެކްޓަރު ގެ މިފަހަރުގެ ފިލްމް އަކީ ޓީ ސީރީޒް ފިލްމްސް ޕްރޮޑަކްޝަނާއި ބަދްރަކަލީ ޕިކްޗާސް ގުޅިގެން އުފައްދާ ފިލްމެކެވެ. ފިލްމް އާއި ގުޅޭ ގޮތުން މިހާތަނަށް މާގިނަ މައުލޫމާތެއް އަދި ހިއްސާ ކޮށްފައިއެއް ނުވެއެވެ.

މި ފިލްމް މިހާރު އިއުލާން ކޮށްފައިވާއިރުގައި ފިލްމް ގެ ނަމަކީ "ބަދްރަކާލީ" ކަމަށް ހަބަރުތަށް ބުނެއެވެ. އަދި މި ފިލްމްގެ ޝޫޓިންގ ސްކްރިޕްޓް ނިމުނުހައި އަވަހަކަށް ފަށާނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

 

View this post on Instagram

 

A post shared by Allu Arjun (@alluarjunonline)

އައްލު އަރުޖުން އަކީ ސައުތުގެ ވަރަށް ޑިމާންޑް ބޮޑު އެކްޓަކެވެ. އޭނާގެ އެންމެ ފަހުގެ ފިލްމް "ޕުޝްޕާ" އާއި އެކުގައި އޭނާގެ މަގުބޫލުކަން މިހާރު ވަނީ އެތަށް ގުނައަކަށް އިތުރު ވެފައިއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.