2018 ވަނަ އަހަރު ޔާޝްރާޖް ފިލްމްސްގެ މަޝްހޫރު ކާމިޔާބު ފިލްމު "ސުއީ ދާގާ: މޭޑް އިން އިންޑިއާ" މި މަހުގެ 31 ވަނަ ދުވަހު ޗައިނާގައި ރިލީޒްކުރަން ނިންމައިފި އެވެ.
މީގެ ފަސް އަހަރެއްހާ ދުވަސް ކުރިން ރިލީޒްކުރި މި ފިލްމް ޗައިނާގެ ސިނަމާތަކުގައި އެޅުވުމަށް ނިންމައި މިހާރު ވަނީ އެގައުމުގެ ބަހުން ޕޯސްޓަރު ތަކެއް ވެސް އާންމު ކޮށްފައިއެވެ.
މި ފިލްމްގެ ލީޑުން ފެނިގެން ގޮސްފައިވަނީ އަނުޝްކާ ޝަރުމާ އާއި ވަރުން ދަވަން އެވެ. ފިލްމް އަކީ ރައްފުށުގެ ވަރަށް އާދައިގެ ދިރިއުޅުމެއް ދައްކުވައިދޭ ފިލްމްއެކެވެ.
މި ފިލްމަކީ އެންމެ 48 ކްރޯޑް ރުޕީސް (6 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދައި، ބޮކްސް އޮފީހުގައި 125.09 ކްރޯޑް ރުޕީސް (15.2 މިލިއަން ޑޮލަރު) ގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.
ޝަރަތު ކަތަރިއާ ލިޔެ، ޑައިރެކްޓްކުރި "ސުއީ ދާގާ" އަކީ ހަގީގީ ހާދިސާއެއްގެ މާއްޗަށް ބިނާ ކޮށް އުފައްދައިފައިވާ ފިލްމްއެކެވެ. މީގައި ދައްކުވައިދެނީ އަންނައުނުގެ ވިޔަފާރީއެއް ކުރުމަށް ދަމަފިރިއަކު ކުރާ މައްސަކަތެވެ.
ކޮމެންޓު ފޮނުވާ