ސައުތުގެ މަޝްހޫރު ބަތަލާ ނަޔަންތަރާ ބޮލީވުޑްއަށް ތައާރަފްވާ ފިލްމް "ޖަވާން" ގެ ޝޫޓިން ނިންމައި އާއިލާ އާއި އެކުގައި ޗުއްޓީއަށް ގޮސްފިއެވެ.
ނަޔަންތަރާ އާއި ފިރިމީހާ ވިގްނޭޝް އަދި އެމީހުންގެ އެންމާބަނޑު ދެ ކުދިން ނާއި އެކުގައި އިއްޔެގެ ވަގުތެއްގައި ވަނި އެއާޕޯޓް އިން ފެނިގެން ގޮސްފައިއެވެ. ނަޔަންތަރާ އާއި ވިގްނޭޝް ކައިވެނި ކުރީ މިދިއަ އަހަރުގެ ޖޫން 9 ވަނަ ދުވަހުގައިއެވެ. ވަރަށް ކުަލަ ގަދަކޮން ބޭއްވި މި ކަިއވެނީގައި ބޮލީވުޑް އަދި ސައުތުގެ ފިލްމް އިންޑަށްޓްރީގެ ގިނަ ބަޔަކު ވަނި ބައިވެރި ވެފައިއެވެ.
ނަޔަންތަރާ އާއި ވިގްނޭޝް ލޯބީގެ ގޮތުން ގުޅިފައިވަނީ 2015 ވަނަ އހަރުގައިއެވެ. އެފަހުން ދެމީހުން އުޅެމުން އައީ ލިވިންގ ރިލޭޝަންޝިޕް އެއް ގައިއެވެ. އެމީހުން ނަށް ދަރިން ލިބުންކަން އިއުލާން ކުރީ މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގައިއެވެ. އެމީޙުންނަށް ލިބުނީ ޓްވިންސްއެކެވެ. އަދި އެމީހުންނަށް ދަރިން ލިބުނީ ސަރޮގަސީ މެދުވެރިކޮށެވެ.
"ޖަވާން" ގެ ޝޫޓިން މިހާރު އެއްކޮށް ނިމިފައިވާ އިރުގައި މިއީ ނަޔަންތަރާ ބޮލީވުޑަށް ތައާރަފްވާ ފިލްމެވެ. ނަޔަންތަރާ އާއި އެކުގައި މި ފިލްމް އިން ފެނިގެންދާނީ ޝާހުރުކް ހާންއެވެ. އަދި މިއީ މި ދެތަރިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު ވެސް މެއެވެ. މި ފިލްމް އަކީ ސައުތުގެ ގިން ތަރިން ތަކެއް ފެނިގެންދާނެ ފިލްމްއެކެވެ. އަދި ފިލްމް ޑައިރެކްޓް ކުރަނީވެސް ސައުތު ފިލްމް ޑައިރެކްޓަރެކެވެ.
ޝާހްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީސް އެންޓަޓެއިންމެންޓުން އުފައްދާ މި ފިލްމުގެ ޑައިރެކްޓަރަކީ އަތުލީއެވެ. މިއީ އޭނާގެ ފިލްމެއްގައި ޝާހު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. މީގެ ކާސްޓުގައި ޝާހްރުކާއި ނަޔަންތަރާގެ އިތުރުން ސަނާޔާ މަލްހޮތުރާ އަދި ސުނިލް ގްރޯވަރުވެސް ހިމެނެއެވެ. މި ފިލްމު ނެރޭ ގޮތަށް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ 2 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ