2014 ވަނަ އަހަރު ރިލީޒްކުރި ސަބީރް ޚާންގެ "ހީރޯޕަންތީ" އިން ބޮލީވުޑަށް ތައާރަފުވި ކްރިތީ ސެނަން އަކީ އޭނާގެ އެކްޓިންގެ ސަބަބުން ގިުން ބައެއްގެ ހިތުން ޖާގަ ހޯދައިފައިވާ ހުނަރުވެރި ބަތަލާ އެކެވެ.
ކާމިޔާޞު އެތަށް ފިލްމް އަދި ބޮލީވުޑްގެ އޭ ލިސްޓްގެ ގިނަ ތަރިން ތަކަކާއި އެކުގައި މަސައްކަތް ކޮށްފައިވާ ބަތަލާ ދާދި ފަހުން ވަނީ އޭނާ މި ދާއިރާއަށް ނުކުތްތާ ކުރީކޮޅުގެ ހަދާން އާކޮށްފައިއެވެ.
މުނިފޫހި ފިލުވުމުގެ ހަބަރުތަކަށް ހާއްސަ ނޫހެއް ކަމުގައިވާ 'ޕިންކްވިލާ' އަށް ދިން އިންޓަވިއުއެއްގައި ކްރިތީ ބުނީ އޭނާ ބޮލީވުޑްއަށް ނުކުތުމުން މީހުންގެ ފަރާތުން ލިބުނީ ވަރަށް ވެސް ނެގެޓިވް ކޮމެންޓް ތަކެއް ކަމަށެވެ.
އެގޮތުން މީ އޭނާ އާއި އެކަށީގެން ވާފަދަ އިންޑަސްޓްރީއެއް ނޫން ކަމަށް އެތަށް ބަޔަކު ބުނި ކަމަށް ކްރިތީ ވަނީ ބުނެފައިއެވެ. މީގެ އިތުރުން ފިލްމް ކުޅޭ މީހުންނާއި އިންނާނެ މީހަކު ނުވާނެ ކަމަށް ވެސް ގިން ބަޔަކު އޭނާ ކައިރީގައި ބުނި ކަމަށެވެ. އަދި މީހައި އެންމެ ސީރިއަސް އެއް ކަމަކި އޭނާ ކައިރީގައި މިފަދައިން ވާހަކަ ދައްކައިފައިވަނި އޭނާ އާއި އެއް އުމުރުގެ މީހުން ކަމަށެވެ.
" އަހަރެން އޭޖް ގެ ޒުވާން ކުދިން ބުނީ އިންނާނެ މީހަކު ނުވާނެ ކަމަށް. އަސްލުގައި އެއީ ވިސްނާލަން ޖެހޭ ކަމެއް. އެހާ ޔަންގް ކުދިން އެހެން ބުނުމުން. ދެން އެންމެނަށް ވެސް އެނގޭނެ ދޮށީ އުމުރުގެ މީހުންގެ ގޮތް. ކޮންމެ ފަދަ ވާހަކައެއް ވެސް ދައްކަފާނެ. އެކަމަކު އަހަރެންނަށް ވަރަށް އުދާގުވި ޒުވާނުން އެފަދަ ވާހަކަ ދެއްކުމުން. "
ކްރިތީ ބުނި މީހެއްގެ ދިރިއުޅުން އެމީހެއް ކުރާ މަސައްކަތާއި ނުގުޅުވޭނެ ކަމަށެވެ. އަދި ހާއްސަކޮން ފިލްމް އިންޑަސްޓްރީއަކީ ވަރަށް ތާފާޓު އިންޑަސްޓްރީއެއް ކަމަށެވެ. ނަމަވެސް އެކްޓިން އަކީ ބައެއް މީހުންގެ ވަޒީފާ ކަމަށާއި އެމީހަކަށް ކުރެވުން އެންމެ ރަނގަޅަކަށް އެވަޒީފާ އަދާ ކުރެވޭތޯ ކޮންމެ އެކްޓަރަކުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
ކްރިތީ ބޮލީވުޑް އަށް ތައާރަފްވީ ފިލްމް "ހޯރޯޕަންތީ" އިން 2014 ވަނަ އަހަރުގައިއެވެ. އެފިލްމް ގައި އޭނާ އާއި އެކުގައި ފެނިގެން ގޮސްފައިވަނީ ޓައިގާ ޝްރޮފްއެވެ. އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނި ކާތިކް އާރިޔަން އާއި އެކުގައި މިދިއަ މަހުގައި ރިލީޒް ކުރި "ޝެހެޒާދާ" އިންނެވެ. ކްރިތީގެ ކުރިއަށް ހުރި ފްރޮޖެކްޓް ތަކުގެ ތެރޭގައި "އަދިޕުރުޝް" އާއި "ގަންޕަތު" ފަދަ ބޮޑެތި ޕްރޮޖެކްޓް ތަށް ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓު ފޮނުވާ