މިދިއަ އަހަރުގެ ޑިސެމްބަރު 4 ވަނަ ދުވަހުގައި ކަިއވެނި ކުރި ބޮލީވުޑް އަދި ހާއްސަ ކޮށް ސައުތުގެ މަޝްހޫރު ބަތަލާ ހަންސިކާ މޮޓްވާނީ އޭނާގެ ރިއަލިޓީ ޝޯވގައި ފިރިމީހާ އަދި ވިޔަފާރިވެރިޔާ ސޮހެއެލް ކަތުރިއާ ބެހެގޮތުން ވާހަކަ ދައްކައިފިއެވެ.
ރާޖަސްތާންގެ ޖައިޕޫރުގެ މުންޑޯޓާ ކިއްލާ ގަނޑުވަރުގައި ހަންސިކާ ސޮހެއެލް ކައިވެނި ކުރީ އެމީހުންގެ ގާތް އެކުވެރިންނާއި ތިމާގެ މީހުންގެ ހާޒިރުގައި ހިންދޫ ދީނުގެ އާދަކާދަ އާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.
މިއީ ރިއަލިޓީ ޝޯއެއް " ލަވް ޝާދީ ޑްރާމާ" އަކީ ވަރަށް ފުރިހަމަ ޑްރާމާއެއްގެ ވައުދާއި އެ މީހުންގެ ކުރީގެ ކަންކަމާ ބެހޭ ގޮތުން ހައިރާންކުރުވަނިވި ބައެއް ވާހަކަތަށް ގެނެސްދޭ ޝޯއެކެވެ. މިހާރު ޝޯވ ވަނީ މިދިއަ މަހުގެ 10 ވަނަ ދުވަހުގައި ޑިޒްނީ ޕްލަސް ހޯޓްސްޓާއިން ޕްރިމިއާ ވެސް ކޮށްފައިއެވެ.
މިއީ އެންމެ ގިނަބަޔަކު ވާހަކަ ދެއްކި އެއް ކައިވެންޏެވެ. ހަންސިކާ ގެ ޝޯވ ގައި ކައިވެންޏާއި ބެހޭގޮތުން އަދި ހާއްސަ ކޮށް އޭނާގެ ފިރިމީހާ އާއި ބެހޭގޮތުން ގިނަ ވާހަކަތަކެއް ކިޔައިދޭނެއެވެ.
ކައިވެންޏާ ގުޅޭ ގޮތުން އުފެދިފައިވާ ހިޔާލުތަފާތުވުންތަކާއި، ބެލުމާ ބެހޭ ގޮތުން އޭނާ ވަނީ ވާހަކަ ދައްކައިފަ އެވެ. ކައިވެންޏަށް ފަހު އެންމެ ގާތް ރަހުމަތްތެރިޔާއާ އެކު ދިރިއުޅުމަށް ފަހު އޭނާގެ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކައި، އަމިއްލަ ދިރިއުޅުން ޝޯއެއްގެ ގޮތުގައި ބޭރުކޮށް، ބޮލީވުޑާ ދުރުގައި ހުރުމުން ދާދި ފަހުން އަހަންނަށް އޭނާގެ އަތުގައި ހިފެހެއްޓި އެވެ.
ޝޯވ އެއްގައި އަމިއްލަ ދިރިއުޅުމުގެ ވާހަކަ ދައްކަން އޭނާ ނިންމި ސަބަބަކީ ތޯތޯ ވާހަކަ ދައްކަން އެހެން މީހުންނަށް ފުރުސަތު ނުދިނުން ކަމަށް ވަނި ބުނެފައިއެވެ. އަދި އޭނާގެ ޝޯވ ގައި އޭނާގެ ދިރިއުޅުމުގެ ވާހަކަ ހިއްސާ ކުރަނީ އަމިއްލަ އަށް ކަމަށްވުމުން ތިންވަނަ ފަރާތެއްގެ ކައިރިން މިވާހަކަތަށް އޮޅުން ފިލުވަން ނުޖެހުން އެއީ އޭނާ ބޭނުންވާ ގޮތް ކަމަށް ވަނީ ބުނެފައިއެވެ.
މި ސޯވގައި އެމީހުން ލޯބީގެ ގޮތުން ގުޅުން ހިސާބުން ފެށިގެން ޕްރޮޕޯސް ކުރުމާއި އަދި ކައިވެންޏާއި ހަމައަށް ގެނެސްދޭނެއެވެ. މީ ކުރަން އެހާ ފަސޭހަ ކަމެއް ނުން ކަމަށްވެސް އޭނާ ވަނީބުނެފައިއެވެ. މި ޝޮވ ގެނެސްދޭނެ އިރެއް އަދި ހާމައެއް ނުކުރެއެވެ.
ހަންސިކާ ވަނީ ބޮލީވުޑާއި ސައުތުގައި ތަފާތު ޖޯންރާތަކުގެ ޝައުގުވެރި ފިލްމުތަކެއް ކުޅެފައިވެ އެވެ. ތެލެގޫ އަދި ތަމަޅަ އިންޑަސްޓްރީގެ ގިން ހުށައެޅުންތަކެއ ްމިހާރުވެސް އޭނާގެ އަތުގައި އެބަހުއްޓެވެ. އޭނާ އަކި ކާމިޔާބު ފިލްމް ތަކެއް ކުލެފައިވާ ތަރިއެކެވެ.
ހަންސިކާ އޭނާގެ ކެރިއަކު ފެށި ބޮލީވުޑްއިން ޗައިލްޑް އާޓިސްޓެއްގެ ގޮތުގައިއެވެ. ނަމަވެސް މިހާރު އޭނާ އެއްވެސް ވަރަކަށް ބޮލީވުޑްގެ ފިލްމް އެއް ނުކުޅެއެވެ. އެންމެ ފަހުން 31 އަަހރުގެ ބަތަލާ ފެނިގެންދިއައީ ޓަމިލް ފިލްމް "މަހާ" އިންނެވެ.
ކޮމެންޓު ފޮނުވާ