ބޮލީވުޑްގެ ޒުވާން ދެތަރިން ކަމުގައިވާ އަދިއްތިޔާ ރޯއީ ކަޕޫރާއި މުރްނާލް ޓާކުރް އެކުގައި ފެނިިގެންދާނެ ފުރަތަމަ ފިލްމު "ގުމްރާހް" ގެ ޓީޒާ އެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.
ހަގީގީ ހާދިސާ ތަކެއްގެ މައްޗައް އުފައްދާ މި ފިލްމްގައި އަދިއްތިޔާ ފެނިގެންދާނީ ޑަބަލް ރޯލުންނެވެ. މި ފިލްމަކީ އަދިއްތިޔާ ޑަބަލް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމުގެ އިތުރުން މުރްނާލް އާއެކު ސްކްރީން ހިއްސާކުރާ ވެސް ފުރަތަމަ ފިލްމެއެވެ.
ފިލްމުގައި މުރްނާލް ފެނިގެން ދާނީ ފުލުހުންގެ އޮފިސަރެއްގެ ރޯލުންނެވެ. އަދި އަދިއްތިޔާ ޑަބަލް ރޯލުން ފެންނަ އިރުގައި ޓިޒާ އިން އޭނާގެ އަނިޔާވެރި ކަން ފެނިގެންދެއެވެ.
މިއީ 2019 ގެ ކާމިޔާބު ތަމަޅަ ކްރައިމް ތުރިލާ "ތަޅަމް" ގެ ހިންދީ ރިމޭކެވެ. ބުޝަން ކުމާރުގެ ޓީ ސީރީޒާއި ޕްރޮޑިއުސަަރު މުރާދު ކެތާނީ ޕްރޮޑިއުސްކޮށްފައިވާ "ގުމްރާހް" އަންނަ މަހުގެ 7 ގައި ރިލީޒްކުރަން ވަނީ ނިންމައިފައިއެވެ. މި ފިލްމް އިރެކްޓް ކޮށްފައިވަނީ އަލަށް މި ދާއިރާއަށް ނުކުންނަ ވަރްދަން ކެޓްކަރެވެ.