މިހާރު މިދާގޮތަށް ރާއްޖޭގެ އިޤްތިޞާދީ ކަންކަން ކުރިއަށްދާނަމަ ރާއްޖެ އިޤްދިޞާދު ދާދިއަވަހަށް ދެގުނަވެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް މަވޯޓާ ވިދާޅުވެއްޖެއެވެ.
މަވޯޓާ ކުރެއްވި ޓްވީޓެއްގައިވަނީ މިހާރު ޤައުމުގެ އިޤްތިޞާދު ކުރިއަށްދާ ދުވެލީގައި ހިފަހައްޓާލެވިއްޖެނަމަ، އަދި ސަރުކާރުން ކުރިއަށްގެންދާ އުފެއްދުންތެރިކަން ފުޅާކުރުމުގެ މަޝްރޫޢުތައް ހުއްޓާނުލައި ކުރިއަށް ގެންދެވޭނަމަ، ރާއްޖޭގެ އިޤްތިޞާދު ދެގުނަވާނެކަމަށެވެ.
Mihaaru gaumuge igthisaadhu kuriyah dhaa dhuveleega hifahattaa levijje nama.Adhi sarukaarun kuriyah gendhaa ufehdhuntherikan fulhaa kurumge mashroouthah huttaanulaa kuriyah gendhevey nama iraadha kureviyyaa Raajje igthisaadhu dhegunayah bodu rayyithunge fudhun therikan ithurvaane
— Ibrahim Shareef (@AdduShareef) March 7, 2023
މަވޯޓާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ތަރައްޤީއަށް ބޭނުންވާ މިންވަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ރަނގަޅަށް އެނިގިވަޑައިގަންނަވާކަމަށާ، އެމަނިކުފަނުގެ އިޤްތިޞާދީ ސިޔާސަތުތައް ތަންފީޒުވަމުންދާނަމަ، ކުރިއަށް އޮތީ ފާގަތި ދުވަސްތަކެއްކަމަށެވެ. އަދި ރާއްޖެއަށް ތަނަވަސްކަމާއި އުފާފާގަތިކަން އަންނާނެކަމަށް އޭނާ ވިދާޅުވިއެވެ.