"މިއަހަރުގެ ބަޖެޓުގައިވާ ކަންކަން ތަންފީޒުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް"

"މިއަހަރުގެ ބަޖެޓުގައިވާ ކަންކަން ތަންފީޒުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް"

Author
ޢަލީ އާދަމް
06 މާރޗް 2023 02:43
0

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށްގެންދަން ރާވާފައިވާ ކަންކަން ތަންފީޒުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޙާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލުތައް ޖަވާބުދެއްވަމުންނެވެ. އަމީރު ވިދާޅުވީ ރާއްޖޭގެ މާލީ ޙާލަތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދަނީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. މާލީ ޙާލަތު ރަނގަޅުކަމަށާ، ބަޖެޓު ކުރެވިފައިވާ ކަންކަން ތަންފީޒުކުރެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ.

މިހާރު ރާއްޖޭގެ އިޤްތިސާދަށް އެންމެ ރަނގަޅުވާނެ ގޮތަށް، ކުރިން ނަގާފަހުރި ދަރަނި، މިހާރުވެސް މިދަނީ މާކެޓު ޤަބޫލުކުރާނެ ގޮތަށް ރީ-ސްޓްރަކްޗަރ ކުރަމުންކަމަށާ، އިތުރަކަށް އެހެންގޮތަކަށް ރީ-ސްޓްރަކްޗަރ ކުރުމުގެ ވިސްނުމެއް ނެތްކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.