"ބޫތު ޕޮލިސް"ގެ ޑައިރެކްޓަރ ޕަވަން ކްރިޕްލާނީގެ ކުރިއަށް އޮތް ފިލްމް "ގޭސްލައިޓް" މި މަހުގެ 31 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރަން ނިންމައިފި އެވެ.
ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން އާންމު ކުރި ވީޑިއޯއެއްގައި މި ކަން އިއުލާން ކޮށްފައިވަނި ސާރާއެވެ. މި ވީޑިއޯގައި ސާރާ އާއި އެކުގައި އޭނާގެ މާމަ ކުރީގެ ބަތަލާ ޝަރުމީލާ ޓެގޯރްވެސް ބަިއވެރިވެއެވެ.
މި ފިލްމް ގެ ޑައިރެކްޓަރު އާއި ހަވާލާ ދީ މީގެ ކުރިން ނޫސްތަކުން ވަނީ ފިލްމް އިން ސީނިއާ އެކްޓަރަކުވެސް މަސައްކަތް ކުރާނެ ކަމަށް ބުނެފައިއެވެ. ނަމަވެސް އެއީ ކޮން ތަރިއެއް ކަމެއް ހާމައެއް ނުކުރެއެވެ. ޝަރުމީލާ އަށް ވުމަކީވެސް އެކަށީގެންވާ ކަމަކެެވެ. އެހެން ވެއްޖެ ނަމަ މީ ސާރާ އާއި އެކުގައި ޝަރުމީލާ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ.
"ގޭސްލައިޓް" އަކީ ސައިކޮލޮޖިކަލް ތުރިލާއެކެވެ. މީގެ ކާސްޓްގައި ޗިތުރަންގަދާ ސިންގް އާއި ވިކްރާންތު މަސީ ވެސް ހިމެނެ އެވެ. "ގޭސްލައިޓް" ޑައިރެކްޓްކުރީ ސާރާގެ ބައްޕަ ސައިފް އަލީ ހާން މުހިއްމު ރޯލެއް ކުޅުނު 2021 ގެ ފިލްމު "ބޫތު ޕޮލިސް" ގެ ޑައިރެކްޓަރު ޕަވަން ކިރްޕަލާނީ އެވެ.
ކޮމެންޓު ފޮނުވާ