ލެސްޓާ ޔުރަޕާ ލީގުގެ ދެވަނަބުރަށް

ލެސްޓާ ޔުރަޕާ ލީގުގެ ދެވަނަބުރަށް

ގުޅުންހުރި

ޔޫރަޕާ ލީގުގައި ގުރޫޕްގައި ރޭ ކުޅުނު މެޗަށްފަހު މުބާރާތުގެ ދެވަނު ބުރެގެ ފުރަސަތެއް އިނގިރޭސި ކުލަބް ލެސްޓަރ ސިޓީން ހޯދައިފިއެވެ.

ރަށުންބޭރުގައި ކުޅުނު މެޗު ބްރާގާ އަތުން ލެސްޓާ އެއްވަރުވީ 3-3 ލަނޑުންނެވެ. ބްރާގާގެ މުހައްމަދު މުސްރާތީ ލީޑުނަގާފައިވަނިކޮށް ލެސްޓާ އަށް އެއްވަރުކޮށްދިނީ ހާވީ ބާންސްއެވެ. ޕައުލީނިއޯ ބްރާގާ އަށް ދެ ވަނަ ފަހަރަށް ލީޑުނަގައިދީފައިވަނިކޮށް ލޫކް ތޯމަސް އަނެއްކާ ވެސް ލެސްޓާ އަށް އެއްވަރުކޮށްދިނެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ރޮޑްރިގޭޒް ބާބޯސާގެ ގޯލުން ބްރާގާ އަނެއްކާ ވެސް ލީޑުނަގާފައިވަނިކޮށް މެޗު ނިމެން ކުޑަ ވަގުތު ކޮޅަކަށް ވެފައި ހުއްޓަ ޖޭމީ ވާޑީ ވަނީ ލެސްޓާ އަށް މެޗުގައި ތިން ވަނަ ފަހަރަށް އެއްވަރުކޮށްދީފައެވެ.

ރޭގައި ލެސްޓަރގެ ލަނޑުޖެހި ލޫކް ތޯމަސް ވެފައިވަނީ ޔޫރަޕުގައި އެޓީމަށް ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އަދި ވާޑީ ވެފައިވަނީ އެކަލުބަށް ޔޫރަޕުގައި ލަނޑުޖެހި އެންމެދުވަސްވީ ކުޅުންތެރިޔާއަށެވެ. ރޭ މިގުރޫޕްގައި ޔޫކްރޭނުގެ ޒޯރްޔާ ލުހަންސް ވަނީ ރޭ ގްރީސްގެ އޭއީކޭ އެތަންސް އަތުން 3-0 އިން މޮޅުވެފައެވެ.

މި ނަތިޖާއެކު ލެސްޓާ މުބާރާތުގެ އަނެއް ބުރަށްކޮލިފައިވީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން ބްރާގާ ދެވަނައިގަ އޮތީ 7 ޕޮއިންޓާއެކުއެވެ. އޭއީކޭ އެތެންސް ތިންވަނައިގަ އޮތީ ތިންޕޮއިންޓާއެކުއެވެ. ފުލުގައި އޮތް ޔުކްރޭންގެ ޒޯރްޔާ ލުހަންސް ވެސް ވަނީ ހަމަމިއަދަދަށް ޕޮއިންޓް ހޯދައިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *