ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ނޭނގުމަކީ ލަދުވެތި ކަމެއް: އަލީ ހުސައިން

ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ނޭނގުމަކީ ލަދުވެތި ކަމެއް: އަލީ ހުސައިން

ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށާއި ރާއްޖޭގެ ހާރިޒީ ވަޒީރު އަބްދުﷲ ޝާހިދަށް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ނޭނގުމަކީ ލަދުވެތިކަމެއްކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

އަލީ ހުސައިން މިފަދައިން ވިދާޅުވީ މިނިސްޓަރު ޝާހިދު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ޤައުމުގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ދިވެހިރާއްޖޭގައި 250 ރަށުގައި ފެނާ ނަރުދަމާގެ މަސައްކަތް ހިނގާނެކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ޝާހިދު ވިދާޅުވީ ރާއްޖޭގެ އެކި ފެންވަރުގައި ތަރައްޤީގެ ގިނަ މަޝްރޫއުތައް ހިނގަމުން އަންނަކަމަށެވެ. މިގޮތުން ތިލަމާލެ ބްރިޖު، ހަނިމާދޫ އެއާޕޯޓު، އަދި އައްޑޫ އެއާޕޯޓަކީ މީގެ މިސާލުކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން 250 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމް ކުރެވެމުން ދާކަމަށް ވިދާޅުވިއެވެ.
ޝާހިދު މިހެން ވިދާޅުވި ނަމަވެސް ދިވެހިރާއްޖޭގައި މީހުން ދިރިއުޅެނީ 187 ރަށުގައެވެ. އަދި އެ 187 ރަށުގެ ތެރެއިންވެސް ގިނަ ރަށްތަކުގައި ނަރުދަމާގެ ނިޒާމު މި ސަރުކާރު އައިއިރުވެސް އޮތީ ޤާއިމް ކުރެވިފައެވެ.

މިކަމާއި ގުޅިގެން އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް އަދި ޚާރިޖީީ ވަޒީރަށްވެސް ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ އަދަދު ނޭނގުމަކީ ލަދުވެތި ކަމެއްކަމަށެވެ.

މީގެ ކުރިން ރައީސް އިބްރާހީމްވެސް ވަނީ ރާއްޖޭގެ 357 ރަށެއްގައި ފްލެޓު އަޅާ ނިމިއްޖެ ކަމަށް ވިދާޅުވެފައެވެ. އެކަމަކު ރާއްޖޭގެ އެންމެ ރަށެއް ފިޔަވާ އެއްވެސް ރަށެއްގައި މި ސަރުކާރަށް އަދި ގެދޮރުވެރި ކަމުގެ އެއްވެސް މަޝްރޫއެއް ނުނިންމެއެވެ.
ހިޔާލުފާޅު ކުރައްވާ!

One Response

  1. ތިމާ ހޮވިފައިވާ ދާއިރާގެ ރައްތަކުގެ މަތިން ހަނދާން ނެތުމަކީވެސް ވަރަށް ހިތާމަކުރަން ޖެހޭ ކަމެއް

Leave a Reply

Your email address will not be published. Required fields are marked *