ފޭސް 2 ގެ ބާބަކިޔު ސަރަޚައްދު ހުޅުވައިފި

ފޭސް 2 ގެ ބާބަކިޔު ސަރަޚައްދު ހުޅުވައިފި

Author
އަޒްފާ ރަޝީދު
04 މާރޗް 2023 08:25
0

ހުޅުމާލެ ފޭސް ސޭއްގައި ބާބަކިއު އަށް ޚާއްސަ ސަރަހައްދެއް ހުޅުވައިފި އެވެ.

ބޮޑު އާބާދީއެއް މިހާރު ދިރިއުޅެމުން އަންނަ ހުޅުމާލެ ދެވަނަ ފިޔަވަހީގައި "މައިހުޅުމާލެ ބާބަކިއު އޭރިއާ" ހުޅުވީ ހިޔާ ޓަވަރުތައް ކައިރިން، ރުއްގަނޑު 3 ސަރަހައްދުގަ އެވެ. އެތަން އިއްޔެ ހަވީރު ހުޅުވުމުގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހިޔާ ފްލެޓުތަކުގައި އުޅޭ މީހުންނަށް ބާބަކިއު އިވެންޓެއް ވެސް ބާއްވައިފަ އެވެ.

ހުޅުމާލޭގައި ކުރިން ވެސް ބާބަކިއު އަށް ޚާއްސަ ސަރަހައްދެއް ހެދިއެވެ. އެއީ ފުރަތަމަ ފިޔަވަހީގައެވެ. ނަމަވެސް ދެވަނަ ފިޔަވަހި ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން އެ ތަން ބަންދުކޮށް، މިހާރު އެ ތަނުގައި އޮންނަނީ ދެ ފިޔަވަހި ގުޅުވައިދޭ "ކްރީކް" ބްރިޖްތަކެވެ.

އެޗުޑީސީން ބުނީ ހުޅުމާލޭގައި ބާބަކިއު ހަދާނެ ޚާއްސަ ސަރަހައްދެއް އޮތުމަކީ އާންމުންނަށް ލިބޭނެ އިތުރު ހިތްހަމަޖެހުމެއް ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.