ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު އަނެއްކާ ވެސް އާ ފޮތެއް ނެރުއްވަން މަސައްކަތް ފައްޓަވައިފިއެވެ.
މަޖިލީހުގެ ރައީސްގެ އާ ފޮތުގެ ނަަމަކީ "ކިއްލާ މާލޭ" އެވެ. މި ފޮތުގެ ކަވަރު ސޯޝަލް މީޑިއާގައި ހިއްސާކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ފޮތް މިހާރު އޮތީ ފޮނުވުމަށް ތައްޔާރީގައެވެ. ނަމަވެސް ފޮތް ނެރޭނެ އިރަކާއި އެއާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް ނުދެއްވައެވެ.
އާންމުކޮށް ރާއްޖޭގެ ތާރީހާއި ސިޔާސީ ކަންކަމުގެ މައްޗަށް ލިޔުއްވާ ރައީސް ނަޝީދު ކުރިން ނެރުއްވި ފޮތްތަކުގެ ތެރޭގައި 2020 ގެ "ދެ ރަދުން" އާއި 2018 ގެ އެއްބަސްވެވޭ އިންގިލާގު" ގެ އިތުރުން 1996 ގެ "ދަގަނޑު ދަހަނާ" އެވެ. މީގެ އިތުރުން އިތުރުން 1953 ވަނަ އަހަރު ކުރީގެ ރައީސް މުހައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލި ހާދިސާ އަށް "ވެރިއެއްގެ ނިމުން" ނަމުގައި ދިރާސާއެއް ކުރައްވައި ޝާއިއުކުރެއްވި އެވެ.
ނަޝީދަކީ ދުވަސްތަކެއް ވަންދެން ނޫސްވެރިކަމުގެ ތެރޭގައި އުޅުއްވި ބޭފުޅެކެވެ. އަދި މިހާރު ވެސް "އޯޝަން ވީކްލީ" ގެ ނަމުގައި ނަޝީދު ހަފުތާ މަޖައްލާއެއް ނެރުއްވަމުން ގެންދަވާ އިރު، މިހާރު ވެސް ދޭތެރެ ދޭތެރެއިން ބައެއް ދުވަހު ނޫސްތަކަށް ވެސް އާޓިކަލްތައް ލިޔުއްވަ އެވެ.
ކޮމެންޓު ފޮނުވާ