އިމްރާންގެ ޓްވީޓެއް، މިފަހަރު ސަލަފް ޖަމްޢިއްޔާއަށް!

އިމްރާންގެ ޓްވީޓެއް، މިފަހަރު ސަލަފް ޖަމްޢިއްޔާއަށް!

Author
ޢަލީ އާދަމް
27 ފެބްރުއަރީ 2023 09:16
0

އަބަދުވެސް ޢަދާލަތު ޕާޓީއާ ޚިޕޔާލު ތަފާތު، ދީނީ ޖަމްޢިއްޔާ ޖަމްއިއްޔަތުއް ސަލަފަށް އަމާޒުކޮށް ޢަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ޓްވީޓެއްކޮށްފިއެވެ.

އިމްރާން ވަނީ ސަލަފް ޖަމްޢިއްޔާއާއި ޢަދާލަތު ޕާޓީއާ ދެމެދު ހުރި ތަފާތަކީ ދީނީ ކަމެއްތޯ ސުވާލުކުރައްވާފައެވެ. ނުވަތަ އެއީ ސިޔާސީ މައްސަލައެއްތޯ ސުވާލުކުރައްވައި ވިދާޅުވީ ދީނީކަމެއްނަމަ އެކަން ޙައްލުކުރަން ވަރަށް ބޭނުންވާކަމަށެވެ. ސިޔާސީ ކަމެއްނަމަ އެކަން އަންޑަސްޓޭންޑް ވާކަމަށާ، އެއީ ވަރަށް ނެޗްރަލް ކަމެއްކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

ޢަދާލަތު ޕާޓީ އުފެދުނީއްސުރެވެސް އެޕާޓީން ގެންގުޅޭ ދީނީ ސިޔާސީ އިޖުތިމާޢީ ސިޔާސަތުތަކާ ޖަމްޢިއްޔަތުއް ސަލަފުގެ ބޭފުޅުންގެ ޚިޔާލު ވަރަށް ތަފާތެވެ. ޚާއްސަކޮށް ފަހަކަށްއައިސް ޢަދާލަތުޕާޓީގެ ޢަމަލުތަކާމެދު ރާއްޖޭގެ ވަރަށްގިނަ ދީނީ ޢިލްމުވެރިން ކަންބޮޑުވުން ފާޅުކުރައްވައި ފާޑުވިދާޅުވެއެވެ. އޭގެތެރޭގައި ޖަމްޢިއްޔަތުއް ސަލަފަށް ނިސްނުވާ ބޭފުޅުންވެސް ހިމެނެއެވެ.

ޢަދާލަތަށް ފާޑުވިދާޅުވާ ބޭފުޅުންގެ އެންމެބޮޑު ކަންބޮޑުވުމަކީ ޝައިޚް އިމްރާން ހޯމް މިނިސްޓަރުކަމުގައި ހުންނަވައިގެން، ސަރުކާރުގެ ތެރެއިން އިސްލާމްދީނާ ޚިލާފަށް ބައެއްކަންކަން ކުރާކަމުގެ ތުހުމަތެވެ. އަދި އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންނާމެދު ފިޔަވަޅެއް ނޭޅުމާއި، އެފަދަ މައްސަލަތަކަށް ދެވޭ ސަމާލުކަން ކުޑަވުމާއި ފިޔަވަޅެއް ނޭޅުމެވެ. އޭގެބަދަލުގައި ހަރުކަށި ފިކުރާ ދެކޮޅަށްކަމަށްބުނެ ދީނަށްލޯބިކުރާ މީހުންނަށް ދަތިކުރުމާއި ހައްޔަރުކޮށް ޖަލަށްލުމާއި ބައެއް ދީނީ ޢިލްމުވެރިން ހައްޔަރުކޮށް ބޭއިންސާފުލުން ޢަމަލުކުރާކަމުގެ ތުހުމަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.