ނަޝީދު ވަކިކުރާކަށް ނޫޅެން: ފައްޔާޒު

ނަޝީދު ވަކިކުރާކަށް ނޫޅެން: ފައްޔާޒު

ގުޅުންހުރި

ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލިހުގެ ތެރެއިން ނެގުމަށް ރައީސް ސާލިހުގެ ފެކްޝަނުން މަސައްކަތް ކުރަމުން ނުދާކަމުގައި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވެފައިވަނީ، އެފަދަ އެއްވެސް މަސައްކަތެއް އެއްވެސް މީހަކު ނުކުރާ ކަމަށާއި، އެއީ ނަޝީދުގެ ފެކްޝަނުން އަމިއްލައަށް ދައްކައިގެން އުޅޭ ވާހަކައެއް ކަމުގައެވެ.

ނަޝީދު މަޖިލިސް ރައީސްކަމުން ދުރުކުރުމުގެ މަސައްކަތް ނުކުރައްވާކަމަށް ފައްޔާޒު ވިދާޅުވެފައިވަނީ، ނަޝީދު މަގާމުން ވަކި ކުރަން ވޯޓު ހަމަކުރުމަށް މަސައްކަތް ފަށައިފިނަމަ ރައީސް ޞާލިހު މަޤާމުން ވަކި ކުރުމުގެ މަސައްކަތް ފަށާނެކަމުގެ އިންޒާރު އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ދެއްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ދެ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އެޕާޓީ ކުރިޔަށް ދާއިރު، އަލީ އާޒިމްއަކީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އާޒިމަކީ މަޖިލިސް ތެރެއިންނާއި، މަޖިލީހުން ބޭރުގައިވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދަޅުވާ ބޭފުޅެކެވެ.

ރައީސް ސާލިހު މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރައްވާނެކަމުގެ އިންޒާރު އަލީ އާޒިމް ދެއްވާފައިވަނީ ނަޝީދުގެ އިތުބާރު ނެތްކަމަށް ވޯޓު ނެގަން ޖެހިދާނެކަމުގެ އިޝާރާތެއް އެމްޑީޕީގެ ރައީސް ޞާލިހުގެ ފެކްޝަނަށް ނިސްބަތްވާ ބައެއް މެމްބަރުން ދެމުންދާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދާ ދެމެދު ވަރުގަދަ ކޯޅުންގަނޑެއް އުފެދިފައިވާއިރު، މަޖިލީހުގެ ރިޔާސަތުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުތައް ދަނީ އަމާޒުވަމުންނެވެ. މިގޮތުން، އެކި ކަންކަމުގައި ތަޅުމުގައި ކުރިއަށްދާ ބަހުސްތަކުގައި ބައިވެރިވެވަޑައިގެންނެވުމާއި މެމްބަރުންގެ މެދުގައި ތަފާތުކުރުން ފަދަ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލިސް ހިންގަވަމުންދާ ކަމުގެ ޝަކުވާ އެމްޑީޕީގެ ގިނަ މެމްބަރުން ކުރައްވާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

ދާދިފަހުން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކި ކުރުމުގެ މަސައްކަތެއް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ތެރެއިން މީގެ ކުރިން ކުރެވުނު ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް، އަސްލަމް ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ނަޝީދު ކޮށްދެއްވާފައިވާ ހިދުމަތަށް ބަލައި، އެފަދަ ނިންމުމެއް ނިންމުމަށް ޕާޓީގެ ތެރޭގައި "ރިލަކްޓަންސް"އެއް އުޅޭ ކަމަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހަށް އެ މައްސަލަ ހުށަހަޅައި ބަހުސް ފަށަން ބޭނުން ވަނީ 22 މެންބަރުންގެ ސޮޔެވެ. ޖުމްލަ 87 މެމްބަރުން އެކުލެވޭ މަޖިލީހުގައި ނަޝީދު ނުހިމަނައި، އެމްޑީޕީ ތަމްސީލުކުރާ 65 މެމްބަރުން ތިއްބަވައެވެ.

ހިޔާލުފާޅު ކުރައްވާ!

3 Responses

  1. ކިތައްމެފުއްޕިޔަސް އެކަމެއްނުވާނެ އެހާއުރައްޕެއްތިޔަބައިގަނޑުގެކިބައިގަނެތް!

  2. ކޮންތާކު ރައީސް އިބުރާހިމް އިތުބާރުނެތްކަމުގެ ވޯޓު ނަގާނެ ކަމަށް ޜނަޝީދުގެ ފެކުސަނުން ބުނަން ޖެހުނީވެސް ރނަޝީދު މަޖުލިސްގެ ރައީސްކަމުން ވަކިކުރަން މީހުންގެ ސޮއިނަގަން ފަށައިފި ކަމަށްބުނެ އިންޒާރު ދިނުމުން، ދެން އެކަމާބިރުން މިހާރު އެ ގޮވަނީ ރނަޝީދު މަޖުލިސް ރައީސްކަމުން ވަކި ކުރާކަށް ނޫޅެމޭ ގޮތްހުސް ކަރުތާފެނަށް ފޭބީމާ ނުކުރާކަމަކަށް ހަދަން އިބުރާހިމްގެ ފެކުސަނުން އުޅެގަތީ، ދެން ކޮންމެ ކޮންމެކަމެއް މި މައްކާރު ސަރުކާރަށް ކުރާކަށް ލާހިކެއް ނޫން، މި ހިންގާ ވެރިކަމުގާވެސް ދައުރުގެ މެދުތެރޭން ރިއާސީ ވޯޓެއްނަގާނެ ކަމަށް ބުނެ ރނަޝީދަށް އޮޅުވާލައިގެން ވެރިކަން އަތުލައިގެން އެ ތިބީ، އަސްލު މިފަހަރު ކަނޑައެޅިގެން ހަމަ ތަބަކަކަށް ލާފަ ރިޔާސީޓިކެޓު ރނަޝީދަށް އެމްޑީޕީން ދޭން މަޖުބޫރުވާނެ، ޕުރައިމަރީއެއްބާއްވާކަށް ނުވެސް ޖެހޭނެ، އެމްޑީޕީގެ ތެދުވެރިކަމެއް ވާނަމަ ރއިބުރާހިމް މިފަހަރު ޖެހޭނީ ރނަޝީދަށް ބައިއަތު ހިފަން.

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ